ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބްރެޑް ޕިޓްގެ ޒާތީ ދިރިއުޅުމަކީ ގިނަ ސަޕޯޓަރުންތަކެއްގެ ލޯ އެކަމަކަށް އަމާޒުވެ ވަރަށް ކައިރިން ބަލަމުން އަންނަ ކަމެކެވެ.

އެގޮތުން 1990ގެ އަހަރުތަކުގައި ޖެނިފާ އެނިސްޓަންއާއެކު އަދި އޭގެ ފަހުން އެންޖެލީނާ ޖޯލީއާއެކު ބްރެޑްގެ ގުޅުމަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

އެންޖެލީނާއާއެކު އޭނާ ކުރި ކައިވެނި 2016 ވަނަ އަހަރު ރޫޅުމަށްފަހު ބްރެޑްގެ ލޯބީގެ ހަޔާތް އޮތީ ހުއްޓުމަކަށް އައިސްފަ އެވެ. އެހެން ނަމަވެސް ދާދި ފަހުން އޭނާ މިވަނީ ދުވަސްތަކަކަށްފަހު އޭނާގެ ޒާތީ ހަޔާތާ ބެހޭ އަދާހަމައެއް ހިއްސާކޮށްފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ބްރެޑް އަންނަނީ އިނގިރޭސި ޖުވެލަރީ ޑިޒައިނަރެއް ކަމަށްވާ އިނިސް ޑި ރާމަންއާއި އޭނާއަކީ ދެ ލޯބިވެރިން ކަމަށާއި އެ ދެމީހުންގެ ގުޅުން ވަރަށް ވަރުގަދަ ކަމަށް ބްރެޑް ބުނެ އެވެ.

އެގޮތުން އެ ދެމީހުންގެ ގުޅުން ކުރިއަށްވުރެ ވެސް ވަރުގަދަ ވަމުން އަންނަ ކަމަށާއި ދެމީހުންގެ މެދުގައި އޮތް އިތުބާރު ވެސް އޭގެ އެންމެ އިންތިހާއަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކަންތައް މިހެން އޮތް އިރު ވަރަށް އަވަހަށް އެދެމީހުން ކައިވެނި ވެސް ކޮށްފާނެ ކަމަށް ހަބަރުތައް ބުނެ އެވެ.