ފާއިތުވި ހަފްތާގައި ލިބުނު އާ އިންޒާރުތަކަކާއެކު މުމްބާއީގެ ފުލުހުން ބޮލީވުޑްގެ ސުޕަސްޓާ ސަލްމާން ޚާންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްދީފި އެވެ.
ފުލުހުން ސަލްމާންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައި މިވަނީ ސަލްމާންއަށް ސަޕޯޓުކޮށް ޕަންޖާބީ އެކްޓަރެއް ކަމަށްވާ ގިޕީ ގަރެވާލް ވާހަކަ ދެއްކުމުން އޭނާގެ ގެއަށް ހަމަލާ ދިނުމުންނެވެ.
އެ ހަމަލާގެ ކުރިން ދިން އިންޒާރުގައި މުމްބާއީގައި ހަރަކާތްތެރިވާ ގޭންގްސްޓާރެއް ކަމަށްވާ ލޮރެންސް ބިޝްނޮއީ ބުނެފައިވަނީ އެ ހަމަލާއަކީ ސަލްމާންއަށް ތައުރީފްކޮށް ގިޕީ ވާހަކަ ދެއްކުމުން ދިން ހަމަލާއެއް ކަމަށެވެ.
"ސަލްމާންއަކީ ކަލޭގެ އަޚެއް ކަމަށްވާނަމަ މިއީ އޭނާ ކަލޭ ސަލާމަތް ކުރަންވީ ވަގުތު" ލޮރެންސް ގިޕީއަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.
ފާއިތުވި އަހަރުތަކުގައި އެތައް ފަހަރެއްގެ މަތިން ލޮރެންސްގެ ގޭންގުން ވަނީ ސަލްމާންއަށް އިންޒާރުދީ މެސެޖުތްއް އާއްމުކޮށްފަ އެވެ.
ރިޓަޔަވާ ފަހުން މަގާމަށް ހަމަޖައްސާ ފުލުހުންގެ އެލަވަންސް ކަނޑަނީ
ދިރާގުން އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ރަނުގެ ފުރުސަތު!
ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހަކު މޫދަށް އެއްލާލައިފި