ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ޑަންކީ"ގެ އޮފިޝަލް ޓްރެއިލާ ނެރޭނެ ދުވަސް އާއްމުވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ޑަންކީގެ ޕްރޮޑަކްޝަން ޓީމުން މިހާރު އަންނަނީ ޑިސެމްުބަރު މަހުގެ ހަތްވަނަ ދުވަހު އެ ފިލްމުގެ ޓްރެއިލާ ނެރުމަށް ތައްޔާރު ވަމުންނެވެ.

މީގެ ކުރިން ފިލްމުގެ ލީޑު އެކްޓަރު ޝާހްރުކް ޚާން ވަނީ ދެ ފަހަރެއްގެ މަތިން "ޑަންކީ ޑްރޮޕް"ގެ ނަމުގައި ފިލްމުގެ އުސްއަލިތައް ދައްކުވައިދޭ ކުރު ވީޑިއޯއެއް ހިއްސާކޮށްފަ އެވެ.

ފިލްމުގެ އެޑްވާންސް ބުކިން ފެށިގެން ކުރިއަށްދާއިރު މި ފިލްމަކީ ވެސް މިއަހަރު ނުކުތް ޝާހުގެ ދެ ފިލްމުގެ ފަދަ ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް މާހިރުން ލަފާ ކުރެ އެވެ.

ޝާހްރުކް ޚާންގެ އިތުރުން ތާޕްސީ ޕަންނޫއާއި ވިކީ ކައުޝަލް މުހިއްމު ރޯލުތަކުން ފެންނަ "ޑަންކީ" ސިނަމާތަކުގައި ރިލީޒް ކުރާނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.