އެސްޓީއޯގެ ތިން ސަބްޒިޑަރީ ކުންފުނި ކަމަށްވާ މިފްކޯ އާއި މޯލްޑިވް ގޭސް އަދި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމަށް ބޭފުޅުން ހަމަޖައްސައިފި އެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް ހަމަޖައްސާފައި ވަނީ މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ސަމާހު ރަޝީދެވެ. މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) އެވެ. އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ އިސްމާއީލް ސުހައިލެވެ.
އެސްޓީއޯ އިން ވަނީ އެ ތިން ބޭފުޅުންނަށް ވެސް މަރުހަބާ ދަންނަވާފަ އެވެ.
މި ސަރުކާރުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ ޝިމާދު އިބްރާހީމެވެ. އޭނާ އަކީ މާލީ ދާއިރާގެ ތަޖުރިބާކާރެކެވެ. އޭނާ ވަނީ މީގެ ކުރިން ފިނޭންސް މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.
ހޮރްމުޒް ކަނޑުއޮޅިން އުޅަނދުތައް ދަތުރުކުރަން ފަށައިފި
އަޅުގަނޑާއެކު ކޮރަޕްޓު މީހުނެއް ނޫޅޭނެ: ޔާމީން
ދުވާލަކު 20 މިނެޓުގެ ކަސްރަތުން އެތައް ފައިދާތަކެއް!
