ހައި ކޯޓު ރިސެސްއަށް ހިނގައްޖެ އެވެ.
ހައިކޯޓުން ބުނީ އެ ކޯޓު ރިސެސްއަށް ގޮސްފައިވަނީ މިއަދުން ފެށިގެން މިމަހުގެ 30 ގެ ނިއަލަށް ކަމަށެވެ.
ރިސެސްއަށް ދިޔަނަމަވެސް މިމުއްދަތުގެ ތެރޭގައި ބައެއް ބާވަތްތަކުގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ފަނޑިޔާރުންގެ އާއްމު މަޖިލީހުން ނިންމަވާފައިވާ ކަމަށް ހައިކޯޓުން ބުނެ އެވެ.
މިމުއްދަތުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ގާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ ބާވަތުގެ މައްސަލަތަކާއި، ހުކުމްކުރުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކާއި، އަވަސް ޠަބީޢަތު މައްސަލަތަކާއި އަވަސްކޮށް ހިންގަންޖެހޭ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް އެއްބަސްވެވޭ މައްސަލަތަކެވެ.
ހައިކޯޓު ރިސެސްއަށް ދިޔައިރު ސްޕުރީމް ކޯޓުވެސް ވަނީ ރިސެސްއަށް ގޮސްފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ ރިސެސްއަށް ނުދިޔުމަށް ނިންމާފަ އެވެ. އެކޯޓުން އެގޮތަށް ނިންމީ އެކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުން ކޯޓުގެ މަސައްކަތްތަކަށް ބުރޫ އަރާފައިވުމުގެ ސަބަބުނެވެ.
ކޮންމެ އަހަރަކު ވެސް ކޯޓުތަކުން ރިސެސްގެ ގޮތުގައި 30 ދުވަހުގެ މުއްދަތެއް ލިބެ އެވެ. އަ އަހަރަކު ދެ ފަހަރު ކޯޓުތައް ރިސެސް އަށް ދެ އެވެ.