ފަތްކެޔޮ ފަތުން ކެއުމަކީ ރާއްޖެއާއި އަވަށްޓެރި ބައެއް ގައުމުތަކުން މިހާރު ވެސް ފެންނަ މަންޒަރެކެވެ. ސަގާފަތުގެ އާދަކާދައެއްގެ ގޮތުން ކުރެވޭ މިކަމަކީ އެކަމުގައި ސިއްހީ ގިނަ ފައިދާތަކެއް ވެސް އެކުލެވޭ ކަމެކެވެ. އެހެން ކަމުން މިއީ ތެލި، ތަށިން ކެއުމަށް ވުރެ މާމޮޅު ގޮތެއްކަމުގައި ބުނެވިދާނެ އެވެ.

ކާއެއްޗެތީގެ ރަހަ މީރުކޮށްދޭ

ފަތްކެޔޮ ފަތަކީ އެ ފަތުގެ ބޭރުގައި ވެކްސް ކޯޓެއް ހުންނަ ފަތެކެވެ. މި ވެކްސްގެ ސަބަބުން ކެއުމަށް ތަފާތު ރަހައެއް ގެނުވައިދީ ކާއެއްޗެހީގެ ރަހަ މީރުކޮށްދެ އެވެ.

ކެންސަރުން ރައްކާތެރި ކޮށްދޭ

ކެޔޮފަތުގައި ގިނަ އަދަދަކަށް ހިމެނޭ ޕޮލިފެނޯލް މާއްދާއަކީ ކެންސަރުން ދުރުކޮށްދޭ މާއްދާއެކެވެ. މި މާއްދާތައް ކާއެއްޗެއްސާ އެކުވެ، ހަށިގަނޑަށް އެތެރެވުމުން ކެންސަރު ސެލްތައް ނައްތާލަދެ އެވެ.

ކާއެއްޗެހީގައި ހުންނަ ޖަރާސީމު ނައްތާލަދޭ

މިފަތުގައި ހުންނަ އެންޓި ބެކްޓީރިއަލް ޕްރޮޕަޓީސްތަކުގެ ސަބަބުން ކާއެއްޗެހީގައި ހުންނަ ޖަރާސީމުތައް ނައްތާލަދީ ކެއުމަށް ރައްކާތެރި ތަކެއްޗަށް ހަދައިދެ އެވެ.

ހަޖަމުކުރުން ފަސޭހަ ކޮށްދޭ

ކެޔޮ ފަތުގައި ހިމެނޭ ސިއްހީ މައުދަންތައް ކާއެއްޗެއްސާ އެކުވެ، ހަށިގަނޑަށް އެތެރެވުމުން ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތް ރަނގަޅު ކޮށްދީ، ބަނޑުހަރުވުން ފަދަ ކަންކަމުން ދުރު ކޮށްދެ އެވެ.