ބޮލީވުޑްގެ ތަރި ކަންގަނާ މިވަނީ ދާދި ފަހުން އޭނާގެ ދައްތަ ރަންގޯލީ ޗަންދަލް، ބޭބެ އަކުޝްތް އާއި ތިމާގެ ދެ ކުއްޖަކަށް ހަދިޔާގެ ގޮތުގައި ފްލެޓް ގަނެދީފަ އެވެ.

ކަންގަނާ ވަނީ އޭނާގެ އާއިލާ މީހުންނަށް ހަދިޔާ ކުރުމަށް މި ފްލެޓްތައް ގަތުމަށް ހަތަރު ލައްކަ ކްރޯޑްރުޕީސް ހަރަދުކޮށްފަ އެވެ.

ކަންގަނާއާ ގާތް މީހަކު ބުނިގޮތުގައި ކަންގަނާއަކީ އަބަދުވެސް އާއިލާއަށް ވަރަށް ބޮޑަށް އަޅާލާ މީހެކެވެ. އަދި އޭނާ އަންނަީ އެކަން ސާބިތު ވެސް ކޮށްދެމުން ކަމަށް އެ މީހާ ބުންޏެވެ.

ކަންގަނާ ހަދިޔާކުރި މި ފްލެޓްތައް ހުންނަނީ ޗަންދީގަރްގެ ލަގްޒަރީ ސަރަހައްދެއްގަ އެވެ.

މިކަމާ ގުޅޭގޮތުން މީޑިއާތަކުން ސުވާލުކުރުމުން ކަންގަނާ ބުނީ އެ މީހެއްގެ މުއްސަދިކަން އާއިލާއާ ހިއްސާ ކުރަންވާނެ ކަމަށެވެ.

"އުފާވެރިކަން އިތުރުވަނީ އުފާވެރިކަން އެކަކު އަނެކަކާ ހިއްސާކުރުމުން. އެ ފްލެޓްތަކުގައި މިހާރު ކޮންސްޓްރަކްޝަން މަސައްކަތް ދަނީ ކުރިއަށް. އެ މީހުންގެ ހުވަފެން ހަގީގަތަކަށް ހެދުނީތީ އުފާކުރަން،" ކަންގަނާ ބުންޏެވެ.