އޮނަތިރީސް ރަށެއްގެ މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދަން އިއުލާންކޮށްފި އެވެ.
ޖުޑީޝަލް ސަވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 31 ވަނަދުވަހުގެ 12:00 ގެ ކުރިން ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ނަން ހުށައަޅަންޖެހޭނީ ކޮމިޝަންގެ ފަހިރެސް ޕޯޓަލް https://apply.jsc.gov.mv މެދުވެރިކޮށް ކަމަށް ޖޭއެސްސީން ބުނެ އެވެ.
އިއުލާނުގައިވާ ގޮތުން މެޖިސްޓްރޭޓަކަށް މުސާރައިގެ ގޮތުގައި މަހަކު 21،000 ރުފިޔާ ލިބެ އެވެ.
މެޖިސްޓްރޭޓުން ހޯދަން އިއުލާންކުރި ރަށްރަށް
- ހއ. ކެލާ
- ހއ. ބާރަށް
- ހއ. މާރަންދޫ
- ހދ. ނެއްލައިދޫ
- ހދ. ވައިކަރަދޫ
- ށ. މާއުނގޫދޫ
- ނ. ވެލިދޫ
- ރ. އުނގޫފާރު
- ބ. ގޮއިދޫ
- ބ. ތުޅާދޫ
- ޅ. ހިންނަވަރު
- ކ. ކާށިދޫ
- ކ. ދިއްފުށި
- އއ. ހިމަންދޫ
- އއ. މާޅޮސް
- އއ. ފެރިދޫ
- އދ. މާމިގިލި
- ވ. ފެލިދޫ
- ވ. ކެޔޮދޫ
- ފ. ފީއަލި
- ދ. މީދޫ
- ލ. މާމެންދޫ
- ލ. މާވަށް
- ގއ. މާމެންދޫ
- ގދ. ގައްދޫ
- ގދ. ރަތަފަންދޫ
- ގދ. ނަޑެއްލާ
- ގދ. ފިޔޯރީ
- ސ. ހިތަދޫ
މެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ޝަރުތަކުގެ ތެރޭގައި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮލަމާ އޮތުން ހިމެނެ އެވެ. މީގެއިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަން ކުރުމުގައި ނުވަތަ މި އެ ދެކަން ކުރުމުގައި ނުވަތަ ޝަރުއީ ކޯޓެއްގައި ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުރުން ވެސް ހިމެނެ އެވެ.