ބާލީހާ ނުލައި ނިދުމަކީ އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ކުރަން އުނދަގޫ ކަމެކެވެ. ގިނަ މީހުންނަށް ބާލީހެއް ބޯ ދަށުގައި ނެތްނަމަ ނުވެސް ނިދޭނެ އެވެ. ބާލީހާއި ނުލައި ނިދުމުން ލިބޭ ފައިދާ ވަރަށް ވެސް ގިނަ އެވެ. މި ގޮތުން ލިބޭ ހަތަރު ފައިދާއަކަށް ކުރުކޮށް ބަލާލާނަމެވެ.
ނިދަން ފަސޭހަވުން
ބާލީހާއި ނުލައި ނިދާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ބާލިސް ނުލައި ނިދުމުން ނިދަން ފަސޭހަވުމާއެކު ގިނައިރު ނިދެ އެވެ. މީގެ އިތުރުން ފުން ނިއްޖެއް ލިބޭ ކަމަށް ވެސް އެ މީހުން ބުނެ އެވެ.
ބޮލުގައި ރިއްސުން ކުޑަވުން
ކުޑަވުން ބައެއް ފަހަރު ނިދާ ހޭލާއިރު ބޯ އަނބުރާ ބޮލަށް ތަދުވާ ގޮތްވެ އެވެ. ނަމަވެސް ބާލީސް ނުލައި ނިދުމުން މިކަމަށް ހައްލެއް ލިބިދެ އެވެ. އެހެންކަމުން ބޮލުގައި ރިއްސާނަމަ އަޖުމަ ބަލާލުމަށް ބާލީސް ނުލައި ނިދާލުން ބުއްދިވެރި އެވެ.
ކަރަށް ތަދުވުން ކުޑަވުން
ބައެއް ފަހަރު ނިދަން އޮވެވޭ ގޮތަކުން ގައިގަ އާއި ކަރަށްއަރާ ތަދުތައް، ބާލީސް ބޯދަށައް ނުލައި ނިދުމުން ކުޑަވާ ކަމެއް ކަމަށް ދިރާސާތަކުން އެނގިފައިވެ އެވެ. އަދި ހަމަ އެހެންމެ މުޅިން އެއްކޮށް ރިހުން ފިލާ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.