މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ދާޚިލީ ސަލާމަތާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމަކީ މި ސަރުކުން ކުރަން ނިންމާފައިވާ މަސައްކަތެއްކަމަށެވެ. ނަމަވެސް، އެކަމާ ގުޅިގެން ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށާއި، އެ ކަންކަން ސަރުކާރުން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް ބުނިއިރު، ރައީސް ޔާމީންގެ ސަރުކާރުގައި ވެސް މަރުގެ ހުކުމް ތަންފީޒުކުރަން ނިންމައި، އެކަމާ ބެހޭ ގަވައިދުތަކާއި ތަން ވެސް ތައްޔާރުކުރި އެވެ. ނަމަވެސް އެ ސަރުކާރުން ވެސް މަރުގެ ހުކުމް ތަންފީޒެއް ނުކުރެ އެވެ. އަދި އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެފަދަ އެއްވެސް ސިޔާސަތެއް ނުގެންގުޅެ އެވެ.
އިހުސާން ވިދާޅުވީ މަރުގެ އަދަބު ތަންފިޒްކުރުމުގެ ކަންކަން ކުރާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށެވެ.
"މަރުގެ އަދަބު ތަންފީޒުކުރުމާއި ގުޅޭގޮތުން ބުނާނީ، މިއީ މަރުގެ ހުކުން ތަންފީޒުކުރުމަށް ނިންމާފައިވާ ސަރުކާރެއް. އެކަން ކުރުމަށް ބަލަންޖެހޭ ކަންކަން ބަލާ، ޤާނޫނާއި ގަވައިދުގެ ތެރެއިން ކުރާނަން،" އިހުސާން ވިދާޅުވި އެވެ.
ރާއްޖޭގެ ޝަރުއީ ނިޒާމުގައި މަރުގެ ހުކުމް އިއްވި ނަމަވެސް މިހާތަނަށް އެ ހުކުމް އެއްވެސް ސަރުކާރެއްގައި ތަންފީޒްކޮށްފައެއް ނުވެ އެވެ. މިވަގުތު ވެސް ހަތަރު މީހަކަށް މަރުގެ ހުކުމް އިއްވާފައިވެ އެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރު އެވެ. ރާއްޖޭގައި ގާނޫނުލްއުގޫބާތުގައި ގަސްތު މަރުގެ އަދަބަކަށް މަރުގެ ހުކުމް ކަނޑައަޅާފައިވީ ނަމަވެސް، އެ އަދަބާ ގުޅިގެން ބޭރުގެ ޕްރެޝަރުތައް ވަރަށް ބޮޑަށް ފޯރަ އެވެ.
ދެން ފެށުނީ، ވަންދޫ ކަޅުބެވެސް ނުވީކަން ނުކުރި