ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާ ޑުއާ ލިޕާ އޭނާގެ ރައްޓެހިންނާއެކު އިންޑިއާގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.

ޑުއާ ލިޕާގެ ޗުއްޓީގެ ތެރެއިން ނަގާފައިވާ ފޮޓޯތައް މިހާރު އިންޓަނެޓުގައި ދައުރުވަމުން އަންނައިރު އެ ފޮޓޯތަކުގައި ޑުއާ ލިޕާއާއި އޭނާގެ އެކުވެރިން އިންޑިއާގެ ސަގާފީ ކަންކަމުގައި ބައިވެރިވާ މަންޒަރު ފެނެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޑުއާ ލިޕާ ޗުއްޓީ ހޭދަ ކުރަމުން އަންނަނީ އިންޑިއާގެ ރާޖަސްތާންގަ އެވެ. ރާޖަސްތާނަކީ އެ ސްޓޭޓްގެ މުއްސަނދި ތާރީހާއި ސަގާފަތަށްޓަކައި މަޝްހޫރު ސްޓޭޓެކެވެ.

މިއީ ޑުއާ ލިޕާ އިންޑިއާއަށް ދަތުރުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ އަހަރުތަކެއް ކުރިން ވެސް އޭނާ ވަނީ އިންޑިއާގެ ޖެއިޕޫރުގައި ޗުއްޓީ ހޭދަކޮށްފަ އެވެ.

މިއުޒިކީ މަސައްކަތްތަކަށް ބަލާއިރު 2024 ވަނަ އަހަރު ނުކުންނަން ހަމަޖެހިފައިވާ ޑުއާލިޕާގެ ސިންގަލް އަލްބަމްގެ ލަވަތައް މިހާރު އަންނަނީ ރިލީޒް ކުރަމުންނެވެ.