ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އާރަށުގެ މައްސަލައިގެ އަޑުއެހުންތައް ތާވަލުނުކުރާތީ މާދަމާ ހައިކޯޓަށް ދިޔުމަށް ޕީއެންއެފް އިން ނިންމައިފި އެވެ.
ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ދެނެގަތުމަށްޓަކައި މާދަމާ 10 ޖަހާއިރު ހައިކޯޓަށް މައުލޫމާތު ސާފުކުރަން ދިޔުމަށް ނިންމާފައިވާ ކަމަށެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރީ ފެބުރުއަރީ މަހު އެވެ.
އެކިއެކި ސަބަބުތަކާ ހުރެ އެ މައްސަލައިގެ އިސްތިއުނާފު ވަނީ ހައި ކޯޓުގައި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފަ އެވެ. އަދި ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ނުނިމި ލަސްވާތީ އެމަނިކުފަނުގެ ގާނޫނީ ޓީމުން ގެންދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމަށް ލުއިތަކެއްދީ، ރަށު ބަންދަށް މިދިޔަ އޮކްޓޫބަރު 28 ވަނަ ދުވަހު ބަދަލުކުރީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން މަނާ ކަންތައްތަކެއް އިގުރާރެއްގައި ހިމެނުމަށް ފަހު އެވެ.
ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ރައީސް ޔާމީނު މިނިވަން ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި އެވެ. އެހެން ނަމަވެސް, އެ ވައުދުފުޅާ އެއްގޮތަށް ރައީސް މުއިއްޒުގެ ވެރިކަމުގައި ޔާމީނަށް އެއްވެސް ލުޔެއް ނުދެއްވާ ކަމަށް އެމަނިކުފާނުގެ އަރިސް ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.
ޔާމީން މިނިވަން ކުރެއްވުމަށް ރައީސް ވައުދުވެވަޑައިގެންނެވިއިރު, ވެރިކަމަށް ހަތަރު ވަނައަށްވީ ދުވަހު ޔާމީނާއި ރައީސާ ދެމެދު ޖެހުނު މައްސަލަތަކުގެ ސަބަނުން ޔާމީނު ވަނީ ޕީޕީއެމް/ޕީއެންސީ ދޫކުރައްވާ އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފައްޓަވައިފަ އެވެ.
ޕީއެންއެފްގެ ނަމުގައި އުފެއްދުމަށް މަސައްކަތް ކުރާ އެ ޕާޓީގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ދަނީ މި ސަރުކާރުން ޔާމީންއާ މެދު ކަންކުރަމުންދާ ގޮތަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ބުނަމުން ދަނީ މި ސަރުކާރުން ޔާމީންއަށް ބޭވަފާތެރިވެފައިވާ ކަމަށެވެ.
އައިޝަތު ޝިހާމް އެއީ ހީވާގި އަންހެން ބޭކަނބަލެއް އަދި ސަރުކާރުގެ ފައިސާ ވަގަށް ނުނަގާނެ މަމެން އިތުބާރު ކުރަން އެކަމަކު އައިޝަތު ޝިހާމް އަށް ދޭންވީ ތައްލީމީ ވަޒީރު ކަން މިހާރު ތައްލީމީ ވަޒީރު ކަން ދީފައި އެހެރީ އަލަށް މަހަށްދާ މީހެކޭ މިހާރުގެ މީހުން ޕީއެޗްޑީ ނަގާގޮތް މަމެން ވަރަށް ރަނގަޅަށް ދަންނަމޭ ބަލަން ތިބެއްޗޭ ތައްލީމީ ވުޒާރާ ބޮއްސުން ލައިގެންދާނެއޭ އައިޝަތު ޝިހާމަށް ތައްލީމީ ވަޒީރު ކަންދީ މިހާރު ހުރި ތައްލީމީ ވަޒީރަށް ރުހުންނުދޭތި ނުދޭތި