ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުންފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މުލީއާގެ އަށް ދިރިއުޅުއްވުން ބަދަލުކުރައްވައިފި އެވެ.
އެނގިފައިވާ ގޮތުގައި ރައީސް ދިރިއުޅުއްވުން މުލިއާގެއަށް ބަދަލު ކުރެއްވީ މިދިޔަ ހޯމަ ދުވަހު އެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުގެ ފަހުންނާއި އޭގެ ކުރިން ރައީސް މުއިއްޒު އާއިލާއާ އެކުގައި ދިރިއުޅުއްވަމުން ގެންދެވީ މ. ދިމްޔާތުގަ އެވެ. ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، ރައީސް މުއިއްޒު ވަނީ މުލިއާގެއަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފަ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުން މުލިއާގެ މާރާމާތުކުރަން ޖެހުނީ އެ ގެކޮޅަކީ ދުވަސްވީ ބިނާއަކަށްވާތީ އިމާރާތް ބާވުމުން ކުރަންޖެހިފައި ހުރި މަރާމާތުތަކެއް ހުރުމުންނެވެ. މުލިއާގޭގެ މަރާމާތުގެ މަސައްކަތްކުރީ އެތަނުގެ އަސްލަށް އެއްވެސް ބަދަލެއް ނާންނަ ގޮތަށް ތަނުގެ އަސްލު ދެމެހެއްޓުމަށް ކަމުގައިވެސް ސަރުކާރުން ބުންޏެވެ.
މުލިއާގޭގައި އެންމެ ފުރަތަމަ ރައީސަކަށް ދިރިއުޅުއްވަން ފެއްޓެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެކަމަކު، އެމަނިކުފާނު އެތަނުގައި ދިރިއުޅުއްވީ ވަރަށް ކުޑަ ދުވަސްކޮޅެއްގަ އެވެ. ތީމުގޭ މަރާމާތު ކުރެއްވުމަށް އެމަނިކުފާނު ވަނީ އޭގެ ފަހުން އެ ތަނަށް ބަދަލުވެވަޑައިގެން ފައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެން ފުރަތަމަ ހުންނެވީ އަމިއްލަފުޅު ގޭގަ އެވެ. އެއަށްފަހު މުލިއާގެއަށް ބަދަލުވެވަޑައިގެންނެވި އެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ރައީސް ކަމަށް ވަޑައިގެން ބޭނުން ކުރެއްވީ ހިލާލީގެ އެވެ.
ވަހީދުގެ ވެރިކަމަށް ފަހު، ރާއްޖޭގެ ރައީސް ކަމަށް ވަޑައިގެންނެވި އަބްދުﷲ ޔާމީން ދިރިއުޅުއްވީ އަމިއްލަފުޅު ގޭގަ އެވެ. މުލިއާގެ ބޭނުން ކުރެއްވީ އެމަނިކުފަނުގެ ސިޔާސީ އެކިއެކި ހަރަކާތްތައް ހިންގެވުމަށެވެ.
އެންމެ ފަހުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެމަނިކުފާނު ވެސް ހުންނެވީ މުލިއާގޭގަ އެވެ.