ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު ވެޓެރަން އެކްޓަރު މިތުން ޗަކްރޮބޮތީއަށް ސްޓްރޯކެއް ޖެހި މުމްބާއީގެ އެޕޯލޯ ހޮސްޕިޓަލުން ފަރުވާ ހޯދައިފި އެވެ.

އެޕޯލޯ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިތުންއަށް ސިކުނޑީގެ ސްޓްރޯކެއް ޖެހިފައިވާ ކަމަށާއި އެހެން ނަމަވެސް ހާލު ރަނގަޅު ކަމަށެވެ.

ހަބަރުތައް ބުނާ ގޮތުގައި މިތުން ހޮސްޕިޓަލަށް ގެންދެވުނީ މެއަށް ތަދެއް އަރައިގެން އިއްޔެގެ ވަގުތެއްގަ އެވެ. އެއިރުންސުރެ މިތުންއަށް އަންނަނީ އެ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުންނެވެ.

މިކަމާ ގުޅިގެން މިތުންގެ ދަރިފުޅު މިމޯހް ޗަކްރޮބޮތީއާއި ދަނބިދަރިފުޅު މަދަލްޝާ ވެސް ވަނީ މީޑިއާއަށް މައުލޫމާތު ދީފަ އެވެ. އެ ދެމީހުން ވެސް ވަނީ ބައްޕަ ރަނގަޅުވަމުން އަންނަ ކަމަށާއި އާއްމުންގެ ދުއާއަށް ޝުކުރުކުރާ ކަމަށެވެ.

މިތުންއަކީ 1970 އާއި 80ގެ އަހަރުތަކުގައި ބޮލީވުޑްގެ ގިނަ ފިލްމުތަކުން ފެނިގެންދިޔަ ތަރި އެކެވެ. ބޮލީވުޑާ ދުރުވުމަށްފަހު މިހާރު އޭނާ ފެންނަނީ ސިޔާސީ ދާއިރާއިންނެވެ.