އާމިރު ޚާންގެ ފިލްމު "ޑަންގަލް"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ސުހާނީ ބަޓްނާގަރް އުމުރުން 19 އަހަރުގައި މަރުވެެެއްޖެ އެވެ.
ސުހާނީ މަރުވެފައިވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން އެކި ބަލިތަކަށް ފަރުވާ ދެމުން ދަނިކޮށް އިއްޔެގެ ވަގުތެއްގަ އެވެ.
އެގޮތުން އޭނާގެ ހަށިގަނޑުގައި ފެނާއި އިންފެކްޝަން އުފެދި ފަރުވާ ހޯދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ޑަންގަލްގައި ސުހާނީ ދައްކުވައިދިނީ ބަބީތާ ކުމާރީގެ ޅަފަތުގެ ރޯލެވެ.
ސުހާނީގެ މަރާ ގުޅިގެން ޑަންގަލް ޕްރޮޑިއުސްކުރި އާމިރު ހާން ޕްރޮޑަކްޝަންސްއިން ވަނީ ހިތާމަ ފާޅުކޮށް ތައުޒިޔާގެ މެސެޖެއް ނެރެފަ އެވެ.
ގުޅިފަޅުން ހަވާލުނުކޮށް އޮތީ 1،755 ގޯއްޗެއްގެ ލިޔުން
ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް އެމްއޯޔޫއެއް
ހަސީނާއާ ގުޅުންހުރި 6.2 ބިލިއަން ޑޮލަރުގެ މުދާ ހިފަހައްޓައިފި