ވަރުން ދަވަންއާއި އޭނާގެ އަންހެނުން ނަތާޝާ ދަލާލްއަށް އަލަތު ދަރިފުޅު ލިބެން އުޅޭ ކަމަށް އެ ދެމަފިރިން ސޯޝަލް މީޑިއާގައި އިއުލާން ކޮށްފި އެވެ.

މިކަން އިއުލާން ކުރަމުން ވަރުން ވަނީ ނަތާޝާގެ ބަނޑުގައި ބޮސްދޭ މަންޒަރު ފެންނަ ފޮޓޯއެއް އޭނާގެ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. އެއާއެކު އޭނާ ބުނެފައިވަނީ އެންމެންގެ ހެޔޮ ދުއާ ބޭނުންވާ ކަމަށެވެ.

ވަރުން މިކަން އިއުލާން ކުރުމާއެކު ބޮލީވުޑްގެ މަޝްހޫރު ބައެއް ޝަހްސިއްޔަތުން އަންނަނީ އެ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި ކަރަން ޖޯހަރުއާއި ޖާންވީ ކަޕޫރު ހިމެނެ އެވެ.

ވަރުންއާއި ނަތާޝާ ކައިވެނި ކޮށްފައިވަނީ 2021 ވަނަ އަހަރު އިންޑިއާގެ އަލިބާގްގަ އެވެ. އެ ދެމީހުންނަކީ މީޑިއާއާ ދުރު ދެމީހުންނެވެ.

ވަރުންގެ ދެމަފިރިންގެ އިތުރުން ވެސް ބޮލީވުޑްގެ ބައެއް ތަރިން ވަނީ އެ މީހުން ބަލިވެ އިންކަން އިއުލާން ކޮށްފަ އެވެ. އެގޮތުން އަނުޝްކާއާއި ވިރާޓްއަށް ދެވަނަ ދަރިއަކު ލިބެން އުޅޭއިރު ޔަމީ ގައުތަމްއާއި ރިޗާ ޗައްދާވެސް އިނީ އަލަތު ދަރިއަށް ބަލިވެ އެވެ.