ދާދި ފަހުން ބޭއްވި ބާފްޓާ އެވޯޑްސްގައި ހޮލީވުޑްގެ މަޝްހޫރު ތަރި އެމާ ސްޓޯން ލައިގެން ހުރި ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

ޕީޗް ކުލައިގެ ފުއްޕި އަތެއް ލާފައިވާ އެ ހެދުމަކީ މަގުބޫލު ފެޝަން ބްރޭންޑް ލުއީ ވިޓޯންއިން އެމާއަށް ކަސްޓަމައިޒް ކޮށްދީފައިވާ ހެދުމެކެވެ.

ލުއި ވިޓޯންއިން ބުނެފައިވަނީ އެމާގެ ކަސްޓަމް ހެދުން ތައްޔާރުކޮށް ނިންމާލުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން 450 ގަޑިއިރު މަސައްކަތުގައި ހޭދަކުރި ކަމަށާއި އެ ހެދުމަށް 20 މީޓަރުގެ ފޮތި ބޭނުންވި ކަމަށެވެ.

ރޮދީގެ ކަވި މަސައްކަތްތަކެއް ފެންނަ އެ ހެދުމަކީ ޑިޒައިނަރު ނިކޮލަސް ގެސްކުއާގެ ފަރުމާއެއް ކަމަށް ހޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.

އެ ހެދުމަކީ އެމާގެ ކުރިއަށް އޮތް ފިލްމު "ޕުއާ ތިންގްސް"ގައި އޭނާ ދައްކުވައިދޭ ކެރެކްޓަރުގެ ނިޝާންތައް ފެންނަ ގޮތަށް ތައްޔާރު ކުރެވިފައިވާ ހެދުމެކެވެ.