ލ. ގަމު ގޮނޑުދޮށުގައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނެފައިވަނީ ލ. ގަމު މަތިމަރަދޫ ފޮއްތޭހަޓް އިރުމަތީފަރާތު ގޮނޑުދޮށުން ހަބަރު ހުސްވެފައި އޮތް މީހަކު އޮތްކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:15 ހާއިރު ކަމަށެވެ.
އެމީހާ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި އެއީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިކަމާ ގުޅުގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ވިތްހޯލްޑިން ޓެކްސް ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި
މަޖިލީހުގެ ދައުރު މިމަހުގެ 27އާ ހަމަޔަށް އިތުރުކޮށްފި