ފުވައްމުލަށް ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުން ވަގުތީ ގޮތުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީއިން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ސޮއި ކުރައްވައި، ފުވައްމުލަކު ސިޓީ ކައުންސިލަށާއި، ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ފޮނުވި ސާކިއުލާއެއްގައި ވަނީ، ފުވައްމުލަކު ސީޓީގެ ހަލާތަަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިއަދުގެ އަސްރު ނަމާދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ އަސްރު ނަމާދާ ހަމައަށް، ފުވައްމުލަކު ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އަންގަވައިފަ އެވެ.

މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި ގޭގައި ނަމާދު ކުރަން އަރަބި ބަހުން ގޮވާލަން ވެސް މިނިސްޓްރީން އަންގާފައިވެ އެވެ.

މިސްކިތްތަކުގައި ނަމާދު ނުކުރިޔަސް، ބަރާބަރަށް ގޭގައި ނަމާދު ކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަ ގިނައިން ދުއާކޮށް، އިސްތިއްފާރު ކުރުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ އެދިފަ އެވެ.

ކަމާ ބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ބޯލެނބުމަށާއި، މާޔޫސްނުވެ، ސަބަބުތަކުގައި ހިފައި، މާތްﷲއަށް ވަކީލުކޮށް އުޅުމަށް ވެސް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފަ އެވެ.

ފުވައްމުލަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން އެންގީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށެވެ.