އައްޑޫ ސިޓީގައި ހަށި ވިއްކާ ކަމުގެ ތުހުމަތުގައި 10 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު އައްޑޫގައި ހިންގި އޮޕަރޭޝަންގައި 10 މީހުން ހައްޔަރުކޮށްފައިވަނީ ހިތަދޫ އަދި މަރަދޫން ކަމަށެވެ. އެ މީހުން ހައްޔަރުކުރީ ސްޕާއެއްގެ ގޮތަށް ހިންގަމުން ދިޔަ ތަނެއް ބަލައި ފާސް ކުރުމަށް ފަހުގަ އެވެ.

ހިތަދޫން ހައްޔަރު ކުރީ ދިވެހި ދެ ފިރިހެނުންނާއި ތައިލެންޑުގެ ތިން އަންހެނުންނެވެ. އެ ފަސް މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 14 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

މަރަދޫ އިން ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނަކާއި އިންޑިއާގެ ފިރިހެނަކާއި މިޔަންމާގެ ފިރިހެނެއް އަދި ތައިލެންޑުގެ ދެ އަންހެނުން ކަމަށް ފުލުހުން ބުންޏެވެ. އެ ފަސް މީހުންގެ ތެރެއިން އިންޑިއާ މީހާ ފިޔަވައި އެހެން މީހުންގެ ބަންދަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ. އިންޑިއާ މީހާގެ ބަންދަށް ދިނީ ހަތަރު ދުވަހެވެ.