ޓީވީއެމް އިން ކޮންމެ އަހަރެއްގެ ރޯދަމަހު ގެނެސްދޭ "އިހުސާސް" ޕްރޮގްރާމްގައި އެ ޕްރޮގްރާމުގެ ހޮސްޓް އައިމިނަތު ނަމްޒާގެ ބަސްމަގު ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށް ޕީއެސްއެމް އިން ވެސް ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ޓީވީއެމް އިން ގެނެސްދިން އިހްސާސް ޕްރޮގްރާމްގައި ބައިވެރިކުރީ ނުކުޅެދުންތެރިކަން ހުންނަ ކުޑަ ކުއްޖަކާއި އެ ކުއްޖާގެ އާއިލާއ އެވެ. އެ ޕްރޮގްރާމްގައި ނަމްޒާގެ ބަސްމަގު ހުރީ އެ ކުއްޖާ ކުޑައިމީސް ކުރުވާ ގޮތަކަށް ކަމަށް އާންމުން ބުންޏެވެ.
އެކަމާ ގުޅިގެން ޕީއެސްއެމް އިން މިއަދު ނެރުނު ބަޔާނުގައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ބޭއްވި ކުންފުނީގެ ވެރިންގެ ބައްދަލުވުމުގައި އެ ޕްރޮގްރާމްގައި ރަނގަޅުކުރަންވީ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
އާންމުންގެ ފަރާތުން ލިބުނު ޝަކުވާއާ ގުޅޭ ގޮތުން ނަމްޒާ އާއި ޕްރޮގްރާމް ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާ މަޝްވަރާކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މީގެފަހުން އެ ޕްރޮގްރާމް ދައްކާނީ ކޮންޓެންޓް ކޮމިޓީން ޗެކްކުރުމަށްފަހު ކަމަށް ޕީއެސްއެމް އިން ބުންޏެވެ. ނަމްޒާއަކީ ޖެންޑާ މިނިސްޓްރީގެ ނައިބުގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ.
އެލާމްއަކާ ނުލާ ގަވާއިދުން ހޭލަން ބޭނުންތަ؟ މިއޮތީ ސިއްރު!
ހަޔާތުގެ އެންމެ ފުން އަނދަވަޅަކީ "ޖަސްޓިސް ލީގް": ބެން އެފްލެކް
އަހަރެންގެ ހަޔާތުގެ ވާހަކަތައް އަހަންނާއެކު ވަޅުލެވޭނެ: ސަލްމާން

