މިއަދުގެ "ރޯދަ މަލާފަތް" ބައިގައި މި ގެނެސްދެނީ އަހަރުމެންގެ ތެރޭގައި އާއްމުކޮށް ބޭނުންކުރާ ތަރުކާރީގެ ބާވަތަކުން ތައްޔާރުކުރާ ބަތެކެވެ. ކޮންމެވެސް ރިހައަކާއެކު އިންސާފު ކޮށްލަން މީރުވާނެ އެވެ.

ބޭނުންވާ ތަކެތި

  • 250 ގްރާމް ބަޓާނަޓް ބަރަބޯ (އޮށް ނަގައި ކުދިކޮށް ކޮށާފައި)
  • 1 ޖޯޑު ހަނޑުލުގެ ބަތް (ކައްކާފައި)
  • 2 މޭޒުމަތީ ސައިސަމުސާ ތެޔޮ
  • 1/2 މޭރުމަތީ ސަމުސާ ރީނދޫ
  • 1/2 މޭޒުމަތި ސަމުސާ އިނގުރު (ގާނާފައި)
  • 1 ފިޔާ (ކޮށާފައި)
  • ލޮނު

ތައްޔާރު ކުރާނެ ގޮތް

  1. ކޮށާފައި ހުރި ބަޓާނަޓްގެ ތެރެއަށް އެއް މޭޒުމަތީ ސައިސަމުސާ ތެޔޮ، އިނގުރު، ރީނދޫ އެއްކޮށްފައި ޓްރޭއެއްގައި އެތުރުމަށްފަހު ފިހެލާށެވެ
  2. ފިޔާ މީރުކޮށްފައި ފިޔާކޮޅު ރަތްވުމުން ބަތާއި ބަޓާނެޓް އަޅާލާށެވެ.
  3. ރަނގަޅަށް އެއްކޮށްލާފައި ލޮނު ހެޔޮވަރު ކުރާށެވެ.
  4. ތެލީގެ މަތި ޖަހާފައި މަޑު ގިނީގައި ދެ މިނިޓް ވަންދެން ބެހެއްޓުމަށްފަހު އުނދުން މަތިން ބާލާށެވެ.

ވަރަށް ފަސޭހަކަމާއެކު ތައްޔާރުކޮށްލެވޭ މި ކެއުމަކީ އެންމެންނަށް ވެސް ކަމުދާނެ ކެއުމަކަށް ވާނެ ކަމަށް އުއްމީދު ކުރަމެވެ. މި ބަތް އެންމެ މީރުވާނީ ހަވާދުލީ ކުޅި ރިހައަކާއެކުގަ އެވެ.