ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ޕްރިޔަންކާ ޗޯޕްރާއާއި ޕަރިނީތީ ޗޯޕްރާއަކީ އާއިލީ ގޮތުން ވެސް ގުޅިފައިވާ ދެ ތަރިންނެވެ. އެ ދެމީހުންގެ ވާހަކަތައް އާއްމުކޮށް މީޑިއާގައި ދެކެވެ އެވެ.
އެހެން ނަމަވެސް މިފަހަކަށް އައިސް މީޑިއާގައި ދެކެވެމުން އަންނަނީ އެ ދެމީހުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުޅޭ ވާހަކަ އެވެ.
އެގޮތުން ހިންދޫންގެ ފެސްޓިވަލެއް ކަމަށްވާ ހޮލީއާ ދިމާކޮށް ޕްރިޔަންކާ އޭނާގެ އާއިލާއާއެކު އިންޑިއާއަށް އައިސް ޕާޓީއެއް ބޭއްވި ނަމަވެސް އެޕާޓީއިން ޕަރިނީތީ ފެނިފައެއް ނުވެ އެވެ. އެއާއެކު އެ ދެމީހުންގެ ދެބެންގެ ދެދަރި އެކްޓަރެއް ކަމަށްވާ މަންނާރާ ޗޯޕްރާގެ އުފަންދުވަހުގެ ޕާޓީއަށް ވެސް ޕަރިނީތީ އައިސްފައެއް ނުވެ އެވެ.
ބުނެވޭ ގޮތުގައި ދެބެއިންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވަނީ ދާދި ފަހުން ސިޔާސީ ލީޑަރެއް ކަމަށްވާ ރާގަވް ޗައްދާއާއި ޕްރިނީތީ ކައިވެނިކުރި ފަހުންނެވެ.
ޕްރިޔަންކާއާއި ޕްރިނީތީއަކީ ދެބެންގެ ދެދަރި ދެބެއިންނެވެ. އެ ދެމީހުން އެކުގައި މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ފެނިފައިވެ އެވެ.