ޖާންވީ ކަޕޫރަކީ ބޮލީވުޑްގެ އަރަމުން އަންނަ ތަރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފަންނާނެވެ. އޭނާގެ ގިނަ ފިލްމުތަކެއް ބޮކްސްއޮފީހުގައި ބޮޑު ކާމިޔާބެއް ހޯދާފައިވެ އެވެ.

ބޮލީވުޑުން ލިބެމުން އަންނަ ކާމިޔާބާއި އޭނާ ނިސްބަތްވާ އާއިލާގެ ގޮތުން ވެސް ޖާންވީއަކީ މުއްސަނދި އެކްޓަރެއް ކަމުގައި ބުނެވިދާނެ އެވެ. އެކަން އެނގިގެންދަނީ އޭނާގެ މިލްކިއްޔާތުގައިވާ އަގުބޮޑު ބައެއް ތަކެތިންނެވެ.

އެގޮތުން ދާދި ފަހުން ބޭއްވި ހަފްލާއެއްގައި ޖާންވީ ބޭނުންކުރި ހެދުމަކީ އޭގެ ތެރެއިން އެކައްޗެވެ. ނައީމް ޚާން ޑިޒައިންް ކޮށްފައިވާ އެ ހެދުމަކީ ޑިސްކޯ ތީމްއަކަށް ތައްޔާރުކޮށްފައިވާ ފުލް ގައުން އެކެވެ.

އޮފް ޝޯލްޑާ ޑިޒައިންއަކަށް ފަރުމާ ކުރެވިފައިވާ މި ހެދުމުގެ އަގަކީ 423،300 އިންޑިއާ ރުޕީސް އެވެ. އެއީ ގާތްގަނޑަކަށް 5000 ޑޮލަރެވެ.

ބޮނީ ކަޕޫރާއި ސްރީދޭވީގެ ދަރިފުޅު ޖާންވީގެ މިލްކިއްޔާތުގައިވާ އަގުބޮޑު އެހެން އެއްޗެހީގެ ތެރޭގައި އަގުބޮޑު ކާރުތަކާއި ދަބަސްތައް ހިމެނެ އެވެ.