ބޮލީވުޑްގެ އަރަމުން އަންނަ ތަރި ޖާންވީ ކަޕޫރުއާއި އިންޑިއާގެ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ ޝިއްކަރް ޕަހާރިޔާ ރައްޓެހި ވެގެން އުޅޭކަމަށް މީޑިއާގައި އަޑު ފެތުރޭތާ ދުވަސްތަކެއް ވެއްޖެ އެވެ.
މީގެ ކުރިން މި އަޑުތަކަށް ޖާންވީއާއި ޝިއްކަރު މާ ބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް ދާދި ފަހުން އޮތް ހަފްލާއެއްގައި ޖާންވީ މިވަނީ އޭނާއާއި ޝިއްކަރުގެ ގުޅުން ޔަގީން ކޮށްދީފަ އެވެ.
މިފަހުން ރިލީޒް ކުރެވުނު ބޮލީވުޑް ފިލްމު "މައިދާން"ގެ ޕްރިމިއާ ނައިޓްގައި ޖާންވީ އެކަން ޔަގީން ކޮށްދީފައިވަނީ ވަރަށް ތަފާތު ކޮށެވެ.
އެ ހަފްލާގައި ހުދު ކުލައިގެ ކޯޓު ފަޓުލޫނު ހެދުމެއް ލައިގެން ލައިގެން ހުރި ޖާންވީގެ ކަރުގައި ޝިއްކަރުގެ ނަން ޖަހާފައިވާ ފަށެއް އޮތްކަން މީޑިއާއަށް ފާހަގަވި އެވެ.
ޖާންވީއަކީ ބޮލީވުޑުގެ ޕްރޮޑިއުސަރު ބޮނީ ކަޕޫރާއި އެކްޓަރު ސްރީދޭވީގެ ދަރި އެކެވެ. ޝިއްކަރުއަކީ މަހާރަސްތްރާގެ ކުރީގެ ބޮޑުވަޒީރުގެ ކާފަ ދަރި އެކެވެ.

އެޕްސްޓީންގެ ޖަރީމާތަކުގެ މައުލޫމާތު ހިއްސާކުރަން އެދިއްޖެ
މިދިޔަ މަހު ޑިޕާޗާ ޓެކުހާއި އޭޑީއެފް %58.6 އިތުރު
ރޯދައަށް ހުރެ ގިނައިން ނިދުމުން ގެއްލުންވޭ؟