މާލޭ ސަރަހައްދުގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ޙަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް ސިޓީ ކައުންސިލުން ނެގުމަށް ނިންމައިފި އެވެ.

މީގެކުރިން ވެސް މާލެ ސިޓީ ކައުންސިލުން ވަނީ ދީނީ ލިޔުންތަކާއި އާޔަތްތައް އަދި ބާ މުސްހަފުތައް ނައްތާލުމުގައި އެހީތެރިކަން ފޯރުކޮށްދީ އެތަކެތި ބަލއިގެންފަ އެވެ.

އަހަރަކު ދެފަހަރު އެ ކައުންސިލުން ކުރިޔަށް ގެންދާން ނިންމާފައިވާ މި ޕްރޮގްރާމްގެ ދަށުން އަނެއްކާވެސް އެ ފަދަ ލިޔުންތައް ބަލައިގަންނަން ނިންމާފައިވާކަން ހާމަކޮށް އެ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި އަހަރުގެ ފުރަތަމަ ޕްރޮގްރާމްގެ ތެރެއިން ބާ މުސްހަފުތަކާއި ދީނީ ފޮތްތައް ބަލައިގަތުން މި މަހުގެ 27 އިން ފެށިގެން އަންނަ މަހުގެ 2 އާ ހަމައަށް ކުރިއަށް ދާނެ ކަމަށެވެ.

މި ތަކެތި ބަލައި ގަންނާނީ އެ މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައި (ތައިސޭކޮށި) ވިލިމާލެ ސެކްޝަނާއި ހުޅުމާލެ ސެކްޝަންގައި ކަމަށް ބުނެފައިވެ އެވެ.