ޓައިމްސް މެގަޒިންއިން ކޮންމެ އަހަރަކު ނެރޭ "އެންމެ ނުފޫޒުގަދަ 100" މީހުންގެ މި އަހަރުގެ ލިސްޓުގައި ބޮލީވުޑްގެ ކާމިޔާބު ތަރި އާލިއާ ބަޓް ހިމެނިއްޖެ އެވެ.

އާލިއާއަކީ އެ ލިސްޓުގައި ހިމެނުނު ހަމައެކަނި ބޮލީވުޑްގެ އެކްޓަރެވެ. އޭނާއާއެކު ޑުއާ ލިޕާ، ކައިލީ މިނޯގް އަދި ޖެފްރީ ރައިޓްފަދަ ހޮލީވުޑްގެ ނަން މަޝްހޫރު ތަރިން އެ ލިސްޓުގައި ހިމެނިފައިވެ އެވެ.

އާލިއާ ވަނީ ފާއިތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި މުނިފޫހި ފިލުވުމުގެ ބައިނަގްއަގްވާމީ ދާއިރާގައި ގިނަ ބައެއްގެ ސަމާލުކަން ހޯދައިފަ އެވެ.

އެގޮތުން ގޮލް ގަޑޮޓްއާއެކު އާލިއާ ފެނުނު "ހާޓް އޮފް ސްޓޯން" އަކީ އޭނާގެ ބައިނަލްއަގްވާމީ ކެރިއަރުގެ ފެށުމެވެ. އޭގެ ފަހުން ބައިނަލްއަގްވާމީ ގިނަ އެވޯޑު ހަފްލާތަކުން ވެސް އޭނާ ފެނިފައިވެ އެވެ.

ލިސްޓު އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން ބުނީ އާލިއާއަކީ އަމިއްލަ ފައި މައްޗަށް ތެދުވެގެން ހުރި ހުނަރުވެރި އެކްޓަރެއް ކަމަށެވެ.

އާލިއާގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު ދެން އެންމެ އަވަހަށް ސިނަމާތަކުގައި އަޅުވާނީ ސެޕްޓެމްބަރު މަހު އަޅުވާ ޖިގްރާ އެވެ.