ބޮލީވުޑްގައި ހަރަކާތްތެރިވާ ތަރިން ދުވަހަކުވެސް އެމީހުންގެ އަމިއްލަ ހެދުން ނުގަންނަ ކަމަށް ކުޅަދާނަ އެކްޓަރު އަޔުޝްމާން ހުރާނާ ބުނެފި އެވެ.
އަޔުޝްމާން މިހެން ބުނެފައިވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބޮލީވުޑް ތަރިންގެ ފެޝަން ސްޓައިލްއާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.
އަޔުޝްމާން ބުނީ ބޮލީވުޑްގެ ތަރިން ބޭނުން ކުރާހާ ހެދުމަކީ ގަނެގެން ބޭނުންކުރާ ހެދުންތަކެއް ނޫން ކަމަށާއި އެއީ ކުއްޔަށް ހިފާ ތަކެތި ކަމަށެވެ.
"މުޅި ބޮލީވުޑް މިއުޅެނީ ކުއްޔަށް. ހީވޭތަ އަހަރުމެން ބޭނުންކުރާހާ އެއްޗެއްސަކީ ގަނެފައި ހުރި އެއްޗެހިހެން؟" އަޔުޝްމާން ބުންޏެވެ.
އަޔުޝްމާން އިތުރަށް ބުނީ އެންމެ ފަހަރަކު ބޭނުންކުރަން ހެދުމެއް ގަތުމަކީ ކުރެވޭ އިސްރާފެއް ކަމަށާއި އެވަރަށް ބޮލީވުޑް ތަރިންގެ އަތުގައި ވެސް ފައިސާ ނުހުންނަ ކަމަށެވެ.
އެ އިންޓަވިއުގައި އަޔުޝްމާން ވަނީ އޭނާގެ ކޮއްކޮ އަޕަރްޝަކްތީ ހުރާނާއާއި ދިލްޖީތު ދޮސަންޖްގެ ފެޝަން ސްޓައިލަށް ތައުރީފްކޮށް އެމީހުންގެ ފަރާތުން ފެޝަން ދަސްކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
އަލިމަގު އޮޕަރޭޝަނުގަ ހައްޔަރުކުރި 34 މީހެއްގެ މައްސަލަ ޕީޖީއަށް
ޕްރައިމަރީ ނުބާއްވައި ފުވައްމުލަކު މޭޔަރު ކަމުގެ ޓިކެޓް މަސީހަށް
ބޭސް ނުލިބޭތީ އެސްޓީއޯއާ އާސަންދަ މަޖިލިހަށް ހާޒިރުކުރަން އެދެފި