ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާލިއާ ބަޓްގެ ކުރިއަށް އޮތް ފިލްމު "ޖިގްރާ"އަށް ތައްޔާރު ވުމުގެ ގޮތުން އޭނާ ބާސްކެޓް ބޯޅަ ކުޅެން ދަސްކޮށްފި އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ފިލްމުގައި އާލިއާ ދައްކުވައިދޭ ރޯލަށް ތައްޔާރު ވުމުގެ ގޮތުން އާލިއާ ވަނީ ޕްރޮފެޝަނަލް ބާސްކެޓް ބޯޅަ ކޯޗުންނާއި ކުޅުންތެރިންގެ ފަރާތުން ތަމްރީން ހޯދާފަ އެވެ.

އެގޮތުން ޑްރިބްލް ކުރުމާއި ޑަންކް ކުރުން ފަދަ ބާސްކެޓް ބޯޅައިގައި ގެންގުޅެވޭ ތަފާތު އުކުޅުތަކަށް މިހާރު އާލިއާ ފަރިތަވެފައިވާ ކަމަށް ބުނެވެ އެވެ.

ޖިގްރާއަކީ "ގަންގޫބާއީ ކަތިއާވާޑީ"އަށްފަހު އާލިއާ ސޯލޯ ލީޑަކުން ފެންނާނެ ފުރަތަމަ ފިލްމެވެ. އޭނާއާއެކު ދެން ފިލްމުން ފެންނާނީ ވެދާންގް ރެއިނާ އެވެ.

ޖިގްރާގެ އިތުރުން ވެސް އާލިއާ އަންނަނީ ސަންޖޭ ލީލާ ބަންސާލީއާއި ޔަޝް ރާޖް ފިލްމެއްގެ މަސައްކަތްވެސް މިވަގުތު ކުރަމުންނެވެ.