1. އައިޝާ މިހާރު ފެންނަނީ ބަރުދަން ލުއި ކޮށްލާފަ ހުރިތަން. ބަރުދަން ލުއިކުރީ ކިހިނެތް؟
ޖަވާބު: ބަރުދަން ލުއި ކުރީ ވަރަށް ވަރަށް ވަރަށް ވޯކް ކޮށްގެން. އެކި ގޮތް ގޮތުން ނުހިކިގެން ސްޓާޓް ކުރީ އިންޓަމިޓެންޓް ފާސްޓިން އަދި ކޮންމެ ދުވަހަކު 5 ކިލޯމީޓަރު ވޯލްކްކޮށްފައި އެކްސަސައިޒް ކުރީ. އަދިވެސް ހަމަ ކުރިއަށް މިދަނީ އެކަމައިގެން.
2. އައިޝާ ވަރަށް ޓްރެވަލް ކުރާކަން ފާހަގަވޭ, އައިޝާގެ ޑްރީމް ޑެސްޓިނޭޝަން އަކީ ކޮބާ؟
ޖަވާބު: ޑްރީމް ޑެސްޓިނޭޝަން އަކީ އައިސްލެންޑް އަދި ސްވިޓްޒަލެންޑް
3. އައިޝާއަށް ގިރާވަރުން ގޯތިލިބުންކަން ވީޑިއޯއެއްގައި ބުނެފައިވޭ. މިކަމާ ދޭތެރޭ މިހާރު ބުނެލަން އޮތީ ކީކޭ؟
ޖަވާބު: ގިރާވަރުން ގޯތި ލިބުނީމަ އުފާވި. ނަމަވެސް ވަންނާނެ ތަނެއް ގޯއްޗެއް ބޭނުންވަނީ މިހާރު. މީގެ ފަސް އަހަރު ނޫނީ ތިން އަހަރު ފަހުންނެތް ނޫން. އައިޝާމެން ކަހަލަ ދިވެހި ރައްޔިތު މީހާ އަނެއްކާ މިޖެހެނީ މަޑުކުރަން ދިރިއުޅުމެއް ފައްޓަން ވިސްނާއިރު އެހާ ގިނަ ދުވަސް ވީމަ އެކަން ބަލައެއް ނުގަނެވޭ އަސްލު. އަނެއްކޮޅުން އެޕާޓްމެންޓްއެއް ގަންނަން ބަލާއިރު ހަމަ މުއްސަނދި މަހުޖަނުންނަށް ވިއްކަން ހަދާފައި ހުންނަ ތަންތަން އެއީ, އާދައިގެ މީހަކަށް ނެތް އެއްކަމެއްވެސް ކުރެވޭކަށް, ދައްކަން ޖެހޭ ބޮޑެތި ޑައުން ޕޭމަންޓްތަކުން. މި ކަންތަކަށް ސަރުކާރު ބޭފުޅުން ބައްލަވާލެއްވުން އެއީ ވަރަށް ވަރަށް މުހިއްމު ކަމެއް ކަންނޭނގެ.
4. ކަޝްމީރަކީ ދަތުރުކުރަން ރަނގަޅުތަނެއްތަ؟
ޖަވާބު: ކަޝްމީރަކީ ވަރަށް ވަރަށް ރީތި ތަނެއް. ކޮންމެ މީހެއްވެސް އެއް ފަހަރު ދާން ހަމަ ވަރަށް ސަޅި ތަނެއް.
5. ލޯކަލް ގެސްޓްހައުސް ތެރެއިން އައިޝާ އެންމެ ރިކޮމެންޑް ކުރާ ތަނަކީ ކޮބާ؟
ޖަވާބު: އއ. އުކުޅަސްގެ "ތެރަންތަރި" އަދި ބ. ދަރަވަންދޫގެ "އެލްވީއައިއެސް ބްލަންކުރާ"
6. ޓޫރިޒަމް އިންޑަސްޓްރީގައި އައިޝާކުރާ ވަޒީފާއާ ދޭތެރޭ ބުނެލަން އޮތީ ކީކޭ؟
ޖަވާބު: އައިޝާ މީ ޔޮޓް ހޮސްޓެސް އެއް ވަން އެންޑް އޮންލީ ރިސޯޓްގައި. ޑިޕާޗާ ގެސްޓުން އެއާޕޯޓަށް ޑްރޮޕް ކުރުމާއި އެރައިވަލް ގެސްޓުން ނަގައިގެން ރިސޯޓަށް ދިޔުން އައިޝާގެ ޖޮބް އަކީ.
7. ފިލްމީ ދާއިރާއަށް ދިޔުމަށް އެއްވެސް ވަރަކަށް ޝައުގު އެބަހުރިތަ؟
ޖަވާބު: ފިލްމީ ދާއިރާ އަކަށް ޝައުގެއް ނެތް. ޓިކްޓޮކް އަކީ އަސްލު އައިޝާ ގެ ހުސް ވަގުތުގައި ކުރާ ކަމެއް. އައިޝާގެ ޖޮބްގައި މި ލިބޭ ވަރަކަށް އާންއެއް ނުކުރެވޭނެ ފިލްމް ކުޅެގެނެއް. އެހެންވީމާ އެއްވެސް ވަރަކަށް އިންޓްރެސްޓެއް އެއް ނުހުރޭ ފިލްމީ ދާއިރާއަކަށް.
8. ސިޔާސީ ދާއިރާ އިން އައިޝާ ފެނިދާނެތަ؟
ޖަވާބު: ސިޔާސީ ދާއިރާ އިޒް ވެރީ އިންޓަރެސްޓިން ހެހެ. ނުބުނާނަން ނޫނެކޭ.
9. ވީޑިއޯތަކަށް އެއްވެސް ވަރަކަށް ހޭޓް ކޮމެންޓްސް ލިބޭތަ؟
ޖަވާބު: ހޭޓް ކޮމެންޓް ވަރަށް ވަރަށް ވަރަށް ލިބޭ. ބަޓް އެއީ ލިބޭ ކުރިއެރުމެއްކަމަށް ބަލައިގެން އައިޝާ ހަމަ ދާނީ އިރާދަ ކުރެއްވިއްޔާ ކުރިއަށް.
10. އައިޝާގެ ފޭނުންނަށް ބުނެލަން އޮތީ ކީކޭ؟
ޖަވާބު: އައިޝާގެ ފޭނުންނަށް ބުނެލަން އޮތީ އައި އޭމް ސޯ ގްރޭޓްފުލް ފޯ ޔޯ ލަވް އެންޑް ސަޕޯޓް. ވަރަށް ވަރަށް އުފާވޭ އަސްލު ނުދަންނަ އެތައް ކުދިން އައިޝާއަށް ކުރާ ލޯބި މެސެޖް ތަކުން.