މިފަހުން ބޭއްވި ސިއްރު ކައިވެންޏަށްފަހު ބޮލީވުޑްގެ އެކްޓްރެސް ތާޕްސީ ޕަންނޫ އޭނާގެ ދައްތަ ޝަގުންއާއެކު ނެދަލޭންޑްސްގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯތަކެއްގައި ތާޕްސީ އޭނާގެ ދައްތައާއި އިތުރު އަންހެނަކާއެކު ނެދަލޭންޑްސްގެ އެމްސްޓަޑާމްގައި ޗުއްޓީ ހޭދަކުރާ މަންޒަރު ފެނެ އެވެ.

ގނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު ތާޕްސީއާއި އޭނާގެ މިހާރުގެ ފިރިމީހާ މެތިއަސް ބޮއިއާ ކައިވެނިކުރީ މާޗް މަހުގެ 20 ވަނަ ދުވަހު އެވެ.

މީޑިއާއަށް ސިއްރުން އުދައިޕުރުގައި ކުރެވުނު އެ ކައިވެނީގައި ބައިވެރިވީ ހަމައެކަނި ދެ ފަރާތުގެ އާއިލާއިން ކަމަށް ހަބަރުތައް ބުނެ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ތާޕްސީ އެންމެ ފަހުން ފެނިގެންދިޔައީ ޝާހްރުކް ޚާނާއެކު "ޑަންކީ"އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ކޭލް ކޭލް މެއިން" އެވެ.