އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހަކު ފިލައިގެން އުޅެނިކޮށް ހޯދައި އެމީހާ މިއަދު ހައްޔަރުކޮށްފި އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ނޯތު ޕޮލިހަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރީ ގެއެއްގެ ތެރޭގައި ފިލައި އޮއްވަ އެވެ.
މި މައްސަލައިގައި ހައްޔަރު ކުރީ ނ. މިލަދޫ / މީޒާން، އަހްމަދު ވިއާމް (27އ) އެވެ.
ސަބްސިޑީއަށް ކުރި ހަރަދު ދެގުނަ މައްޗަށް ގޮސްފި
ހަ އަހަރަށްފަހު އެރިއާނާގެ ފުރަތަމަ ކޮންސެޓް ޓުއާ ފަށައިފި
އަމީނީ މަގުގައި އަލުން ތާރުއަޅަން ފެށޭނެ ދުވަހެއް ނޭނގޭ