ސ. ހިތަދޫ އުސްގަނޑު ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބާ ކާރުތަކެއްގައި ރޯކޮށްލައިފި އެވެ.
އެމްއެންޑީއެފުން ބުނީ ހިތަދޫ އުސްގަނޑު ސަރަހައްދުގައި ޕާކްކޮށްފައި އޮތް ބާ ކާރުތަކެއްގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 7:40 އެހާކަންހާއިރު ކަމަށެވެ.
މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔާ ސްޓޭޝަނަށް ލިބުމާއެކު ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވައިލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި ހާދިސާގައި އަލިފާން ރޯވީ އެ ސަރަހައްދުގައި ޕާކްކޮށްފައި އޮތް ބާވެފައިވާ ތިން ކާރުގައި ކަމަށާއި މި އަލިފާންގަނޑު ނިއްވާލެވުނީ 8:00 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
"ދައުލަތުގެ ފައިސާއިން ޕީއެންއެފް ހިންގުމުގެ ވިސްނުމެއް ނެތް"
ލޭންޑިން ކްރާފްޓެއް އަޑިއަށް ގޮސް ދެ މީހަކު ގެއްލިއްޖެ
ޕެންޝަން ފަންޑުން ހައްޖަށް ދިއުމުގެ ޝަރުތު ހަމަވާ 23،000 މީހުން