ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ބެން އެފްލެކް އާއި ޖެނިފާ ލޮޕޭޒްގެ ވަރީގެ އަޑުތައް ގަދަވެފައި ވަނިކޮށް އެ ދެމީހުން އެކުގައި ބޭރުތެރެއިން ފެނިއްޖެ އެވެ.

މީގެ ދެ ދުވަހެއް ކުރިން އެ ދެމީހުން އެކުގައި ފެނުމާއެކު އެމީހުންގެ ވަރިއާ މެދު މިހާރު ވަނީ އަނެއްކާ ވެސް ސުވާލު އުފެދިފަ އެވެ.

އެގޮތުން އެ ދެމީހުންގެ ދެމެދުގައި އޮތް މައްސަލަތަކާއި ދެބަސްވުންތައް ހައްލުކޮށް ސުލްހަވީތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

މީގެ އިތުރުން އެ ދެމީހުން ވަނީ ބެންގެ ދަރިފުޅު ސެމިއުލްގެ ގްރެޖުއޭޝަންގެ ހަފްލާގެ ތެރެއިންވެސް އެކުގައި ފެނިފަ އެވެ.

ކަން މިހެން އޮތް ނަމަވެސް ބެންއާއި ޖެނިފާ ކައިވެނި ކޮށްގެން އުޅުނު ގެ ވިއްކާލުމުގެ ހުރިހާ ކަމެއް މިހާރު ވަނީ ނިމިފަ އެވެ.

ގުޅުމާ ބެހޭގޮތުން އެ ދެމީހުންކުރެ އެއްވެސް މީހަކު މީޑިއާއަށް މައުލޫމާތު ދީފައިނުވާއިރު މީޑިއާތަކުން އަންނަނީ އެކި ކަހަލަ ހަބަރުތައް ފަތުރަމުންނެވެ.