ކުރީގެ އަންހެނުން އެންޖެލީނާ ޖޯލީއާއެކު އޮތް ނުތަނަވަސްކަމުގެ ތެރެއިން އަދިވެސް އިތުރު ދަރިން ބޭނުންވާ ކަމަށް ހޮލީވުޑްގެ ތަރި ބްރެޑް ޕިޓް ބުނެފި އެވެ.

އުމުރުން 60 އަހަރުގެ ޕިޓް ބުނެފައި ވަނީ އޭނާގެ 34 އަހަރުގެ ލޯބިވެރިޔާ އިނެސް ޑި ރަމޮންއާއެކު އާއިލާއެއް ފަށަން ބޭނުންވާ ކަމަށެވެ.

ދިރިއުޅުމުގައި ބްރެޑް ދެ ކައިވެންޏެއް ކުރިއިރު އެ ދެ ކައިވެނި ވެސް ވަނީ ވަރަށް ހުތުރު ގޮތަކަށް ރޫޅިފަ އެވެ. އޭނާގެ ފުރަތަމަ ކައިވެނި ކުރީ ޖެނިފާ އެނިސްޓަންއާ އެވެ.

އެންޖެލީނާއާ އެކު ކުރި ކައިވެނިން ބްރެޑްއަށް ހަ ދަރިން ލިބިފައިވެ އެވެ. އެހެން ނަމަވެސް ހާލަތު ހުރި ގޮތުން އިތުރު ދަރިން ވެސް ބޭނުންވާ ކަމަށް އޭނާ ބުނެ އެވެ.

މިހާރު ތިބި ދަރިން ބްރެޑްއާ އެކު ބާއްވާ ގުޅުން ކުޑަކޮށް ދުރުވެފައިވާއިރު އެކަމުން ބްރެޑްއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ބުނެވެ އެވެ.

ފާއިތުވި ދުވަސްތަކުގެ ތެރޭގައި ބްރެޑްއާއި އިނެސްގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާއިރު މިހާރު ހިނގަމުންދާ ކޯޓު މައްސަލަތަކުގެ ތެރެއިން އިނެސް ވަނީ ބްރެޑްއަށް އެއްބާރުލުން ދީފައި ކަމަށް ހަބަރުތައް ބުނެ އެވެ.