މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ފިފްޓީ ސެންޓްގެ އެކްސް އެކައުންޓް ހެކްކޮށް ބައިގަޑިއިރު ތެރޭގައި 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާ ކަމަށް އޭނާ ބުނެފި އެވެ.

އިންސްޓަގްރާމް މެދުވެރިކޮށް މިދިޔަ ހުކުރު ދުވަހު އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިފަހުން އޭނާގެ އެކްސް އެކައުނުޓް މެދުވެރިކޮށް ކްރިޕްޓޯ ކަރަންސީ ވިއްކުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

އެގޮތުން ހެކަރުންތަކެއް އޭނާގެ އެކްސް އެެކެއުންޓް ފޮލޯކުރާ އާއްމުންގެ އަތުން ފައިސާ ހޯދަން ބޮޑު ސްކީމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފިފްޓީ ސެންޓް ބުންޏެވެ.

ފިފްޓީ ސެންޓްގެ އެކްސް އެކައުންޓްގެ އިތުރުން އޭނާގެ އަމިއްލަ ވެބްސައިޓަށް ވެސް އެ ހެކަރުން ވަނީ ސައިބާ އެޓޭކްއެއްދީ ހެކްކޮށްފަ އެވެ.

އޭނާ ވަނީ މި ހަމަލާއާއެކު އެކްސްގެ ފަރާތުން ލިބުނު އަވަސް އެހީ ފާހަގަކޮށް އެ ކުންފުންޏަށް ޝުކުރު އަދާކޮށްފަ އެވެ. އޭނާގެ އެކްސް އެކައުންޓް މިހާރު ވަނީ ލޮކު ކުރެވިފަ އެވެ.