.މިފަހުން ކުރިއަށް ދިޔަ ޓޭލާ ސްވިފްޓްގެ ކޮންސެޓް އީރާސް ޓުއާ ބޭއްވި އިނގިރޭސިވިލާތުގެ ކޮންމެ ސަރަހައްދެއްގައި އުފައްދާފައިވާ ޗެރިޓަބަލް ފަންޑުތަކަށް އެ ކޮންސެޓުގެ އާމްދަނީއިން ބައެއް ޓޭލާ ހަދިޔާ ކުރުމުން އޭނާއަށް ގިނަ ބަޔަކު ތައުރީފް ކުރަމުން އެބަދެ އެވެ.
މީޑިއާތަކުން ބުނާ ގޮތުގައި ޓޭލާ ވަނީ އޭނާގެ ކޮންސެޓް އޮތް ސަރަހައްދުތަކުގައި އޮތް ފުޑް ބޭންކްތަކަށް ގިނަ އަދަދެއްގެ ފައިސާ ހަދިޔާ ކޮށްފަ އެވެ.
އެގޮތުން އިނގިރޭސި ވިލާތުގެ ގިނަ ޗެރިޓީ ފުޑް ބޭންކްތަކަށް ޓޭލާ ފައިސާ ދީފައިވާއިރު ބައެއް ތަންތަނުން ފޯނު ނުނެގުމުގެ ސަބަބުން ހަވާލު ކުރެވޭ ގޮތްުވެސް ވަނީ ނުވެފަ އެވެ.
ޖޫން މަހުގެ 13 ން 15 އަށް އިނގިރޭސި ވިލާތުގެ އެކި ސަރަހައްދުތަކުގައި ބޭއްވި ސެލް އައުޓް ކޮންސެޓުތަކުގައި ގިނަ އަދަދަކަށް މީހުން ބައިވެރިވިއިރު އެއިން ބޮޑު އާމްދަނީއެއްވެސް ވަނީ ލިބިފަ އެވެ.
ޓޭލާއަކީ މީގެ ކުރިން ވެސް އިޖުތިމާއީ އެކި ކަންކަމުގައި ވަރަށް ބޮޑަށް އެހީތެރިިވާ ތަރިއެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ތަރި އެކެވެ.