ރާއްޖޭގެ ފަސް ސަރަހައްދުގައި ގާއިމްކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލްތަކުން ފޯރުކޯށްދޭ ހިދުމަތް ދެ ދަންފަޅިއަށް ބަދަލުކުރުމަށް ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ ކުރިން އެއް ދަންފަޅިއަށް ޚިދުމަތް ދެމުން އައި ފަސް ރީޖަނަލް ހޮސްޕިޓަލެއް މި މަހުން ފެށިގެން ދެ ދަންފަޅިއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

ހިދުމަތަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލެވެ.

ޖުލައި މަހު 1 އިން ފެށިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދެ ދަންފަޅިއަށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށާއި އިތުރު ހޮސްޕިޓަލްތަކުން ދެ ދަންފަޅިއަށް ޚިދުމަތް ބަދަލުކުރާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިގޮތަށް ދެ ދަންފަޅިއަށް ހިދުމަތް ދޭން ފެށުމުން މި ރީޖަނަލް ހޮސްޕިޓަލުތަކުން ހާއްސަ ޑޮކްޓަރުންނަށް ދެއްކޭ ވަގުތު އިތުރު ވެގެން ދާނެ އެވެ. މި ބަދަލާ އެކު ހެނދުނުގެ އިތުރުން ހަވީރު 4:00 ރޭގަނޑު 9:00 އަށް ނޫނީ 10:00 އާ ހަމައަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ހިދުމަތް ރީޖަނަލް ހޮސްޕިޓަލްތަކުން ލިބޭނެ އެވެ.