މާލެ އާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަތަރު މީހުން ހަައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ އާއި މާލޭގައި ކުރިއަށް ގެންދިޔަ މިއޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ޖުލައި 6 ވަނަ ދުވަހު ހިންގި އެ ދެ އޮޕަރޭޝަނުގައި، މާލޭގެ ދެ އެޕާޓްމަންޓަކާއި ފިހާރައަކާއި ގުދަނެއްގެ އިތުރުން ހުޅުމާލޭގެ އެޕާޓްމަންޓެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ ބަލައި ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި 13 ރަބަރު ޕެކެޓާއި ޖޫސްޕެޓީ ސައިޒުގެ އަށް ކޮތަޅު ފެނިފައިވެ އެވެ.
ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނި 36 އަހަރުގެ މީހަކާއި 44 އަހަރުގެ މީހަކާ އަދި 46 އަހަރުގެ މީހެއްގެ އިތުުރުން 54 އަހަރުގެ މީހެކެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 46 އަހަރުގެ މީހާ ހަތް ދުވަހަށް، ދެންތިބި ތިން މީހުން 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގުކުރަމުންނެވެ.