ޕްރީ ވާސައިލްސް އިން އާންމުކުރި 2024 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ރީތި ރެސްޓޯރެންޓްތަކުގެ ލިސްޓުގައި ރާއްޖޭ ރިސޯޓެއްގެ ރެސްޓޯރެންޓެއް ހިމެނިއްޖެ އެވެ.

މި ލިސްޓްގައި ހިމެނިފައިވަނީ ބެނިއަން ޓްރީ ވައްބިންފަރު އައިލެންޑް ރިސޯޓުގެ މަޑި ހިޔާ އޯވާވޯޓާ ރެސްޓޯރެންޓެވެ.

މި ލިސްޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަންތަން ހިމެނޭ އިރު، މި ހުރިހާ ތަނެއް ވެސް ވާދަކުރާނީ 2024 ވަނަ އަހަރުގެ ވޯލްޑް ޓައިޓަލް ކަމަށްވާ ޕްރިކްސް ވާސައިލްސް، އިންޓީރިއާ އަދި އެކްސްޓީރިއާ އަށެވެ.

ބެނިއަން ޓްރީ ވައްބިންފަރު އައިލެންޑް ރިސޯޓުގެ މަޑި ހިޔާ އޯވާވޯޓާ ރެސްޓޯރެންޓް

ޕްރިކްސް ވާސައިލްސްގެ ސެކްރެޓަރީ ޖެނެރަލް ޖެރޯމް ގޫއާޑައިން ވިދާޅުވާ ގޮތުގައި މި ލިސްޓު ރަމްޒުކޮށްދެނީ ދުނިޔޭގައި އެންމެ ފަހުން ހުޅުވި ރެސްޓޯރެންޓްތަކުގެ ތަފާތު މޮޅު އިންޓީރިއާ އަދި އެކްސްޓީރިއާ ޑިޒައިންތައް ކަމަށެވެ.

ބެނިއަން ޓްރީ ވައްބިންފަރު އައިލެންޑް ރިސޯޓުގެ މަޑި ހިޔާ އޯވާވޯޓާ ރެސްޓޯރެންޓް

ބެނިއަން ޓްރީ ވައްބިންފަރު އައިލެންޑް ރިސޯޓުގެ ތެރޭގައި ހުންނަ މި އެކްސްކްލޫސިވް މަޑި ހިޔާ އޯވާވޯޓާ ރެސްޓޯރެންޓުން އޮތެންޓިކް ޖަޕާނު ކެއުންތައް ލިބެން ހުރެ އެވެ. މި ދެމެހެއްޓެނިވި އާކިޓެކްޗަރަކީ މުޅިން ވެސް އޮނުން ތައްޔާރުކޮށްފައިވާ އާކިޓެކްޗަރެކެވެ. މި އޯވާވޯޓާ އަކީ ޓޯރީ ރެސްޓޯރެންޓް އެންޑް ބާގެ ނޮމަޑިކް ރިސޯޓްސް އިން އެ ރިސޯޓުގައި މިހާރު ހުރި ޖެޓީ ސްޓްރަކްޗާ ބަދަލުކޮށް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހަދާފައިވާ ޑިޒައިނެކެވެ.

ބެނިއަން ޓްރީ ވައްބިންފަރު އައިލެންޑް ރިސޯޓުގެ މަޑި ހިޔާ އޯވާވޯޓާ ރެސްޓޯރެންޓް

ރާއްޖޭގެ ރިސޯޓްތަކަކީ ދުނިޔޭގެ އެންމެ ހިތްގައިމު މަންޒިލްތަކުގެ އެންމެ ކުރީގައި ހިމެނޭ ތަންތަނެވެ. އެގޮތުން ވަރަށް ގިނަ ރިސޯޓްތަކަށާއި ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ބައިނަލްއަގުވާމީ ގިނަ އެވޯޑްތައް ކޮންމެ އަހަރަކު ވެސް ލިބެ އެވެ.