ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ) ހާމިދު ޝަފީއު ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހާމދި ޝަފީއު ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާގަ އެވެ.
ރައީސް އޮފީހުގެ ސީޓީއޯގެ މަގާމަށް ޝަފީއު އައްޔަންކުރީ 2019 ގަ އެވެ.
އޭގެ ކުރިން ރައީސް އޮފީހުގައި 1998 އިން ފެށިގެން 2007ގެ ނިޔަލަށް އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމެންޓްގެ މެނޭޖާ ޓެކްނިލިކަން ސާވިސެސް ޔުނިޓުގައި މަސައްކަތް ކުރެއްވި ހާމިދު ވަނީ އިންޓެލެކްސީ ނެޓްވޯކްގެ ސީނިއާ އެންޓަޕްރައިޒް ކޮންސަލްޓެންޓެއްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.
ހާމިދުއަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖް އޮފް ލަންޑަން އިން ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ބޮލީވުޑް މިއުޒިކުން އަމާލް އެއް އަހަރުގެ "ބްރޭކެއް" ނަގަނީ!
ސިނަމާލެ ބްރިޖްގައި ރައީސް މުއިއްޒުގެ ހިއްސާއެއް ނޯންނާނެ: ޔާމީން
ޑިމެންޝިއާ ތަ ނޫނީ ހަނދާން ބަލިވުންތަ؟ ސަމާލުވާން ޖެހޭ 5 ކަމެއް!