އެއް ފަސިންޖަރުންނާއި އަނެއް ފަސިންޖަރުންނާއި ޖެހި ފިތިގެން ތިބެން ޖެހުމަކީ މިއަދު މިއޮތް ހާލަތުގައި ނުރައްކާތެރި ކަމެއްގެ ގޮތުގައި ބެލެވޭ ކަމަކެވެ.
އެހެން ނަމަވެސް ފްލައިޓްގެ ތެރެއިން ބަލިޖެހިފައިވާ މީހުން ފެނުނު އަދަދު މަދުކަމުން، ކަމާބެހޭ މާހިރުން ވިދާޅުވަމުންދަނީ ފްލައިޓުން ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަކަމެކެވެ.
ޕެންޑެމިކްއެއްގެ ތެރޭ ދަތުރުކުރުމާއި މެދު އުފެދިފައިވާ ބިރުވެރިކަމާއި އެކު ދުނިޔޭގެ އެއާ ޓްރެފިކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ގިނަ ގައުމުތަކެއްގެ ބޯޑަރުތައް ބަނދުކޮށްފައިވުމުންވެސް އޭވިއޭޝަން ދާއިރާއަށް ވަނީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެފަ އެވެ.
މިހާޜު ފެންމަތިވެފައިމިވާ ސައިންޓިފިކް ހެއްކާ ގަރީނާގެ އެހީގައި ދަތުރުކުރުމަށް މީހުންގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން ކޮންމެވެސް ވަރަކަށް މަދުވާނެކަމަށް ބެލެވެ އެވެ.
އެއް ކޭސްގައި 31 މާޗް ފައި އެމެރިކާއިން ޓައިވާނަށް ވަތުރުކުރި ފްލައިޓެއްގައި ތިބި 12 މީހުންގެ ގައިން ކޮރޯނާވައިރަހަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން އެ ފްލައިޓުން ދަތުރުކުރި 328 ފަސިންޖަރުންނާއި ކްރޫ މެންބަރުންވަނީ ކޮރޯނާވައިރަހަށް ޓެސްޓްކޮށްފަ އެވެ. އެހެން ނަމަވެސް އެ 12 މީހުން ފިޔަވާ އިތުރުމީހަކު ބައްޔަށް ޕޮޒިޓިވްވެފަ އެއް ނުވެ އެވެ.
އެހެން ނަމަވެސް ފާއިތިވެދިޔަ ދުވަސްތަކުގައި ބަލިޖެހިފައިވާ ފަސިންޖަރުންގެ ގައިން ކްރޫ މެމްބަރުންގެ ގަޔަށް ވައިރަސް އެރި ކޭސްތައް ފެނިފައިވިޔަސް ޖުމްލަ ގޮތެއްގައި ޓްރާސްމިޝަން ރޭޓް ކުޑަ އެވެ.
ދާދިފަހު ޖަމާ ނެޓްވޯކް އޯޕެން ކިޔާ ޖާނަލްއެއްގައި ޕަބްލިޝްކުރި ލިޔުމެއްގައިވާ ގޮތުން ޓެލް އަވިވް އިން ފްރޭންކްފުޓް އަށް ދަތުރުކުރި ހަތަރު ގަޑިއިރުގެ ފްލައިޓެއްގެ ތެރޭގައި ވައިރަސް ފެތުރުނު ކަމަށް ހެކިދައްކާފަ އެވެ.
ކަން މިހެން އޮތުމާއި އެކީވެސް ޒަމާނީ މަތިންދާބޯޓުގެ ކެބިން ލޯ ރިސްކު ކަމަށް ބަލަނީ ކޮންމެ ތިން މިނެޓަކުން ވައި ސާފުކޮށްދޭތީ އެވެ. ގިނަ ބޯޓުތަކުގައި މިހާރު 99.9 އިންސައްތަ ޕާޓިކަލް ހަރުލާ އެއާ ފިލްޓާ ހަރުކޮށްފަ އެވެ.
މީގެ އިތުރުން ސަލާމަތީ ފިޔަވަޅުތައްވެސް މިހާރު ވަނީ ވަރުގަދަ ކުރެވިފަ އެވެ. އެގޮތުން ފްލައިޓްތެރޭ މާސްކު އެޅުން، ފަސިންޖަރުންނާއި ކްރޫއިން ބޯޓަށް އެރުމުގެ ކުރިން ހުންހުރިތޯ ބެލުން އަދި ކޮންމެ ދަތުރެއް ނިންމާފައި ބޯޓު ޑިސްއިންފެކްޓް ކުރުން ހިމެނެ އެވެ. --ސީއެންއެން