މާލޭގައި ހުރި ތިން އޮފީހަކަށް ގެއްލުންދީ ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ގެއްލުންދީ ވައްކަން ކޮށްފައިވަނީ އިނަ މޯލްޑިވްސްގެ އައިލެންޑް ޗޮއިސް، އޭސް ޓްރެވަލްސް އަދި ގަތަރު ކާގޯ އޮފީހަށެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ރ. މީދޫ ބުލްބުލާގޭ އަޒްމީލް މުހައްމަދު 40، އެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި އެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރު ކަމަށެވެ.
މި ކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ.
މާލޭގައި ދަނީ ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުންނެވެ. އެގޮތުން މަރާމާތަށް ބަންދުކޮށްފައި ހުއްޓާ އީދު މިސްކިތުގެ ލައިޓްތަކާއި ނަރުތައް ވެސް ދާދިފަހުން ދެ ފަހަރު މަތިން ވަގަށް ނަގާފައިވެ އެވެ.
ތާރީހު ނުދެކޭ ފަދަ ބޮޑު ހަނގުރާމައަކަށް ދުނިޔެ މިސްރާބު ޖަހަނީ
މިފްކޯ އިން މަސްދަޅުގެ އަގު ކުއްލިއަކަށް ބޮޑުކޮށްފި
އުދުހޭއިރު އިޔާޝާ ވަރަށް އުފާވޭ!