ދިރާގުގެ ލިމިޓެއްނެތް 30އެމް ނުވަތަ އެއަށް ވުރެ މަތީ ޕެކޭޖަކަށް އަޕްގްރޭޑްކޮށް ކޮންމެ ހަފުތާއަކު ސްމާޓް ޓީވީއެއް ހޯދުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފި އެވެ.
މި ލިމިޓެޑް ޓައިމް ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ޖަނަވަރީ މަހުގެ ގެ ނިޔަލަށެވެ. އަދި މި ޕްރޮމޯޝަންގައި ލިމިޓެއްނެތް 30އެމް ޕެކޭޖް ނުވަތަ އެއަށް ވުރެ މަތީގެ ޕެކޭޖަކަށް އަޕްގްރޭޑްކޮށްފައިވާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފުތާއަކު ނަސީބުވެރިއަކު ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ އަދި އަލަށް ދިރާގާއި ގުޅޭ ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތައް މި ގުރުވަތުގައި އޮޓޮމެޓިކްކޮށް ބައިވެރިކުރެވޭނެ ކަމަށެވެ. އަދި ކޮންމެ ނަސީބުވެރި ފަރާތަކަށް ވެސް އިނާމެއްގެ ގޮތުގައި 65 އިންޗީގެ ސްކައިވޯތު – ޔޫއެޗްޑީ 4ކޭ ސްމާޓް ޓީވީއެއް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ ލިމިޓެއްނެތް ޕެކޭޖުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް ފެތޭ، ލިމިޓެއްނެތި ސްޓްރީމްކޮށް، ގޭމްކުޅެ އަދި ބްރައުސްކުރުމަށް އެންމެ ފުރިހަމަ ޕެކޭޖްތަކެކެވެ. އެގޮތުން މި ތަފާތު ޕެކޭޖުތަށް މެދުވެރިކޮށް ދިރާގު ކަސްޓަމަރުންނަށް ކުރިއަށް ވުރެ ރަނގަޅު ފެންވަރުގެ އިންޓަނެޓް ހިދުމަތް އެކި ސްޕީޑްތަކާއި ހުސްނުވާ ޑޭޓާ އެލަވަންސްތަކާ އެކު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށްދޭ އިނޮވޭޓިވް ސޮލިއުޝަންތައް އުފައްދައި، ޑިޖިޓަލް މުޖުތަމައުތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރަމުންނެވެ.