ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފަސް ނުޖެހުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގޮވާލައްވައިފި އެވެ.
ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން ރޭ ކުރިއަށްގެންދިޔަ މުޒާހަރާގައި ފައްޔާޒު ވިދާޅުވީ ސުޕްރީމް ކޯޓަކީ މިއަދު ހަމައެކަނި މިނިވަންކަމެއް ކިރިޔާ ވެސް އޮތް ކަމަށް ގަބޫލު ކުރެވޭ މުއައްސަސާ ކަމަށެވެ.
ދިވެހި ރައްޔިތުން މި ކުރި ޑިމޮކްރަސީގެ ދަތުރަށް ވިސްނަވާ ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް އެބޭފުޅުން ފަސް ނުޖެހި ބިރެއް ނެތި މަސައްކަތް ކުރެއްވުމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަރިހުން ފައްޔާޒުވަނީ އެދިވަޑައިގެންފަ އެވެ.
ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެމްޑީޕީން މަސައްކަތް ކުރާނީ މި ސަރުކާރު ބަދަލު ކުރުމުގެ އިތުރުން ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިފައިވާ ހައްގުތައް ގެއްލިގެން ނުދާނެ ގޮތަށް އެކަން ކަށަވަރު ކުރަން ކަމަށެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގައި ގާނޫނު އަސާސީ ބަދަލުކޮށް ޑިމޮކްރަސީއާ ބީރައްޓެހި އެތައް ކަމެއް ކުރަމުންދާ ކަމަށް ބުނެ އެމްޑީޕީގެ އެތައް ހާސް ބަޔަކު ވަނީ ރޭ ވެރިރަށް މާލޭގެ މަގުމައްޗަށް ނުކުމެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލާފަ އެވެ.
2039 ވަނަ އަހަރު މުސްލިމުންނާ 3 އީދު ބައްދަލު ކުރާނެ!
ހަމަހިމޭން ކަމުގައި ވަގުތު ހޭދަ ކުރަން ހިތް ނުތަނަވަސްވޭތަ؟
ވަރުންގެ "ޗުނަރި ޗުނަރި" ބެލުންތެރިންނަށް ކަމަކު ނުދިޔަ!