ައީސް މުޙައްމަދު މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނަކީ ޑިމޮކްރަސީގެ އެންމެހާ އަސާސްތައް ފުނޑާލަމުންދާކަން ހާމަކޮށްދޭ ބަޔާނެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިއަދު ރައްޔިތުންގެ މަޖިލިސްގެ ފުރަތަމަ ދައުރު ފެށުމަށް ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު އިއްވެވި ވަގުތު އިދިކޮޅު އެމްޑީޕީން ވަނީ މަޖިލިސް އިދާރާ ތެރޭގަ އާއި ބޭރުގައި މުޒާހަރާ ކޮށްފަ އެވެ.
މަޖިލިސް ތަޅުމުގައި މުޒާހަރާކުރި އެމްޑީޕީގެ މެންބަރުން ވަނީ ނަން އިއްވައި ގަދަކަމުން ތަޅުމުން ބޭރުކޮށްފަ އެވެ.
މިކަމާއި ގުޅިގެން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުން ބާރުގެ ބޭނުންކޮށްގެން ނެރުމަށްފަހު، ސިފައިން ހަތިޔާރާއެކު މާލޭގެ މަގުތަކަށް ނެރެ، ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ބޭތިއްބުމަށްފަހު ރިޔާސީ ބަޔާން އިއްވާފައިވާ ކަމަށެވެ.
"ފާއިތުވި އަހަރު ރައްޔިތުންގެ މަޖިލީހަށް ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވީ ވައުދުތައް ރައްޔިތުންނަށް ނުފުއްދަވާ، މިއަދު އަނެއްކާވެސް އާ ވައުދުތަކެއް ވެވަޑައިގަތުމަކީ ޤާނޫނުއަސާސީން އެމަނިކުފާނަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތަށް ވެވަޑައިގެންނެވި ބޮޑު އިހުމާލެއް،" ޝާހިދު ވިދާޅުވި އެވެ.
މީގެއިތުރުން ޝާހިދު ވިދާޅުވީ، ރައީސް މުޢިއްޒުއަށް އިދިކޮޅު އަޑު ފަނޑެއް ނުކުރެވޭނެ ކަމަށާއި، ސަރުކާރު ޒިންމާދާރުކޮށް، ޤާނޫނުއަސާސީ ހިމާޔަތްކުރުމުގައި އެމްޑީޕީ ދެގޮތެއް ނުވެ ދެމިއޮންނާނެ ކަމަށެވެ.