އެމެރިކާގެ ރައީސް ޓްރަމްޕްގެ ފަރާތުން ހުށަހެޅޭ އެއްވެސް މަޝްވަރާއެއްގައި އީރާން ބައިވެރި ނުވާނެ ކަމަށް އީރާންގެ ރޫހީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
އީރާނާއި އެހެނިހެން ޤައުމުތަކާ ދެމެދު 2015 ގައި ވެވުނު ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެ، އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާއެކު، އީރާނުން ވަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް އަވަސް ކުރަން ފަށާފަ އެވެ.
ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި މި އެއްބަސްވުން އުވާލެވުނެވެ.
ހާމަނާއީ ވިދާޅުވީ އެމެރިކާއިން އީރާނަށް ހަމަލާއެއް ދޭން އުޅެފިނަމަ، އެކަމަށް ހަރުކަށި ޖަވާބެއް ދޭނެ ކަމަށެވެ. އަދި އެމެރިކާއިން ދޭ ކޮންމެ އިންޒާރަކަށްވެސް އެއާ އެއްހަމައެއްގެ ރައްދެއް ދޭނެ ކަމުގެ އިންޒާރުވެސް ހާމަނާއީ ދެއްވި އެވެ.
އެމެރިކާގެ ކުރީގެ ވެރިކަމުގައި ވައުދުތަކަށް އިހުތިރާމް ކޮށްފައި ނުވާތީ، އެމެރިކާއާއެކު މަޝްވަރާކުރުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް ޚާމަނާއީ ވިދާޅުވި އެވެ.
އީރާނުން އެމެރިކާއާ އެކު މަޝްވަރާ ކުރަން ދެކޮޅު ހަދާފައި މިވަނީ ޓްރަމްޕް ދެވަނަ ދައުރަކަށް ރައީސްކަމަށް ހޮވިވަޑައިގަތުމުން އީރާނާއެކު އައު އެއްބަސްވުމެއް އެކުލަވާލަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.