ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން 146 މީހަކު ޕޮޒިޓިވްވިއިރު، މިއަދު އެކަނި 273 މީހުން ވެކްސިން ޖަހައިފި އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 59 މީހަކު މިއަދު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އަތޮޅުތެރެއިން 11 މީހަކާއި ރިސޯޓްތަކުން 10 މީހަކާއި ޅ. ފެލިވަރުން 66 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
މިއަދުގެ 146 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 23،237 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،635 ގައި މިހާރު ހުރިއިރު 20،529 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.
މިއަދު ވެކްސިން ޖެހުން ކުރިއަށް ގެންދިޔައީ އަތޮޅު ތެރޭގައި އެކަންޏެވެ.
މިހާތަނަށް ޖުމްލަ 227،696 މީހަކު މުޅި ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އޭގެތެރެއިން 127،277 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް އަތޮޅުތެރެއިން ޖަހާފައި ވަނީ 100،419 މީހުންނެވެ.
"ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ތިންވަނަ ބައެއްގެ އިޝާރާތެއް!
އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާގުގައި އަސްކަރީ މަރުކަޒެއް
ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭ ވާހަކަދައްކާއިރު ސަމާލުވާންޖެހޭ
