ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިކުރި މީހުންނަށް ޝަކުވާ ހުށަހެޅުމަށް އެމްޑީޕީން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.
އެމްޑީޕީން މިއަދު ބުނީ ފްލެޓު ލިސްޓަށް މި ސަރުކާރުން ބަދަލު ގެނެސް އެތައް ހައްގުވެރިންނެއް އުނިކޮށްފައިވާތީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްޑީޕީން ހާއްސަ ޕޯޓަލްއަކާއި ހޮޓްލައިނެއް ގާއިމުކޮށްފައިވާ ކަމަށެވެ.
އެގޮތުން، ފްލެޓު ލިސްޓާ ގުޅޭ ޝަކުވާއެއް އޮތްނަމަ މި ލިންކް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އެވެ. އަދި، 7571637 ނަންބަރަށް ވަޓްސްއެޕް، ވައިބާ އަދި ޓެލެގްރާމް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އެވެ.
އެމްޑީޕީން ބުނީ މި ފުރުސަތު މާޗު މަހުގެ ނިޔަލަށް ހުޅުވާލެވިފައި އޮންނާނެ އެވެ. އޭގެ އިތުރުން މާދަމާ ރެއިން ފެށިގެން ކޮންމެ ރެއެއްގެ 9:15 އިން ފެށިގެން 11:30 އަށް ޗާންދަނީ މަގުގައި ހުންނަ ދަނޑިކޮށީ ހަރުގެއަށް ވަޑައިގެން ވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ