ގައުމީ އެއާލައިން މޯލްޑިވިއަން އިން މުއްދަތު ހަމަވެފައިވާ ޖޫސް އަދި ފެން ޕެކެޓް ފަސިންޖަރުންނަށް ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ރޭ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިޔާގެ ޓްރިވެންޑްރަމްއަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓް Q2708 ގައި ދަތުރުކުރި ފަސިންޖަރުންނަށް މުއްދަތު ހަމަވެފައިވާ ޖޫސް އަދި ފެން ޕެކެޓްތަކެއް ދީފައިވާ ކަމަށެވެ.
މި މައްސަލަ ފާހަގަކުރެވުނީ އެއް ފަސިންޖަރަކު ޕެކެޓެއްގެ މުއްދަތު ހަމަވެފައިވާކަން ފްލައިޓް ކްރޫއަށް އެންގުމާ ގުޅިގެންނެވެ.
މި މައުލޫމާތު ލިބުމާއެކު، ކްރޫ މެންބަރުން ވަނީ ޕެކެޓްތައް ބުއި ހުރިހާ ފަސިންޖަރުންގެ ކިބައިން މަޢާފަށް އެދިފަ އެވެ. އަދި ޕެކެޓްތައް ނުބޮއެ ތިބި މަދު ފަސިންޖަރުންގެ އަތުން އެ ޕެކެޓްތައް ނަގާފައިވެ އެވެ.
މިކަމުގެ މޯލްޑިވިއަންގެ ބަހެއް ލިބިފައެއް ނުވެ އެވެ.
ބޮޑު އަގުގައި ދަތުރުކުރާ ފަސިންޖަރުންނަށް އާއްމުކޮށް މޯލްޑިވިއަނުން ދަތުރުކުރާ ފަސިންޖަރުންނަށް ދެނީ ވަރަށް އާދައިގެ ޖޫސް ޕެކެޓްތަކެކެވެ.
ފަހަކަށް އައިސް މޯލްޑިވިއަން އިން ދޭ ހިދުމަތުގެ ފެންވަރު ދަށްވުމުގެ ޝަކުވާ ގިނަ ބަޔަކު ކުރެ އެވެ.
ޝަމްއާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
"ޖޭމްސް ބޮންޑް"ގެ ރޯލުން އިޑްރިސްއެއް ނުފެންނާނެ!
3 އަހަރަށްފަހު އެރިއާނާއާއި އީތަންގެ ލޯބީގެ ގުޅުން ނިމުމަކަށް!